Skip to content Skip to footer

ސީ ފްރެއިޓް، އެއާފްރެއިޓް: އެންމެ ރަނގަޅީ ކޯއްޗެއް؟

Cargo ship blog 2 1 1 1

ގިނަ ވިޔަފާރިތަކަށް ވަރަށް ގިނައިން ދިމާވާ މައްސަލައެއް ކަމަށްވާ މި މައްސަލައަކީ ސީދާއެއް ޖަވާބުން ނިންމާލެވޭ ކަމެއް ނޫނެވެ. ކޮންމެ ވިޔަފާރިއެއްގެ ބޭނުން ތަފާތުވާނެއެވެ. ހަމަ އެބީދައިން ކޮންމެ ވިޔަފާރިއެއްވެސް މުދާ އުފުލަން ބޭނުން ކުރާ އުޅަނދުވެސް ތަފާތުވާނެއެވެ.

އަޅުގަނޑުމެން މިވަނީ ދެ ޗެނަލް ވެސް އަޅާކިޔައިގެން މުހިންމު ބައެއް ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ނިންމުމަކަށް އައުމަށް އެހީތެރިވެދީފައެވެ.

ސީ ފްރެއިޓްއާއި އެއާ ފްރެއިޓްއަކީ ކޮބާ؟

އެއާ ފްރެއިޓް، ނުވަތަ އެއާ ކާގޯ، އަކީ ކޮމާރޝަލް ޕްލޭން ނުވަތަ ޗާޓާރ ކޮށްފައިވާ ކާގޯ ޕްލޭންއިން ވައިގެ މަގުން ސީދާ ބޭނުންވާ ގައުމަކަށް މުދާ ގެންދިއުމެވެ. އެއާ ފްރެއިޓްއިން މުދާ އުފުލާނަމަ، ސީ ފްރެއިޓްގައި ދިމާވާ ލަސްތަކާއި ނުލާ މުދާ ގެނެވޭނެއެވެ. އަދި ސީފްރެއިޓްއަށް ވުރެން ގިނަ ތަންތަނުން މުދާ ގެނެވޭނެއެވެ.

އެންމެ ކުރިންސުރެ މުދާ އުފުލާ ގޮތް ކަމަށްވާ ސީފްރެއިޓްއަކީ ކޮންޓެއިނަރެއްގައި މުދާ ބަންދުކޮށް ކަނޑުމަގުން ބޯޓުފަހަރުގައި އެކި ހިސާބުތަކަށް ފޮނުވުމެވެ. 

އަގުގައި ހުރި ތަފާތު

ސީ ފްރެއިޓް އާންމުކޮށް ގުނާނީ ކޮންޓެއިނަރެއްގެ އަގަށް ބަލައިގެން ކަމުން އަދި މުދާ އުފުލާ ބޯޓުފަހަރުގައި ޖާގަ ގިނަ ވުމުން މިއީ ދެގޮތުގެ ތެރެއިން ޚަރަދު ކުޑަ ގޮތެވެ. މިގޮތަށް ބަރުކޮށް ގިނަ މުދާ ގެނެވޭނެއެވެ.

ސީ ފްރެއިޓްއަށް ވުރެން ވަރަށް ބޮޑުތަން އެއާ ފްރެއިޓް އަވަސް ވުމުން އެއާ ފްރެއިޓް އަގުބޮޑެވެއެވެ. ބޮޑެތި ޗާޖުތަކުން ސަލާމަތްވުމަށްޓަކައި’ އެންމެ ރަނގަޅީ ޝިޕިންގްގެ އަގު މުދަލުގެ އަގުގެ %20 އަށް ވުރެ ކުޑަ ވާނަމަ އެއާ ފްރެއިޓް ބޭނުން ކުރުމެވެ. އިތުރު ސެކިއުރިޓީ ބޭނުންވާ މުދަލެއް ނަމަވެސް އެއާ ފްރެއިޓް ހިޔާރު ކުރުން ރަނގަޅެވެ. އެއީ ސީ ފްރެއިތް މެދުވެރިކޮށް މުދާ ފޮނުވާނަމަ އެކި ބަނދަރު ތަކުގައި މުދާ ބާލާ އެރުވުމުގެ ތެރެއިން މުދަލަށް ގެއްލުން ލިބި، ގެއްލުމުގެ ފުރުސަތު ބޮޑުވެއެވެ. 

ފުލް ކޮންޓެއިނަރެއްގެ ލޯޑަށްވުރެ މަދު ކުދި ޕެކޭޖުތައް ކަނޑު މަގުން އުފުލާނަމަ، ޕެކޭޖުތައް ކިއުބިކް މީޓަރުގައި ގުނާތީ ހަރަދު ބޮޑުވެގެންދެއެވެ. އެހެންކަމުން ކޮންމެ ގޮތަކަށް މުދާ އުފުލާ ކަމަށް ވިޔަސް މުދަލުގެ ބަރުދަނާއި ވޮލިއުމްއާއި މެދު ވިސްނަން ޖެހެއެވެ.

މުދަލުގެ ބާވަތް

މުދާ އުފުލާނެ ގޮތެއް ހިޔާރު ކުރާއިރު، ވިސްނަން އެންމެ މުހިންމު އެއް ކަމަކީ އުފުލަނީ ކޮންކަހަލަ މުދަލެއް ކަމާއި މެދުއެވެ.

އެއާލައިން ތަކުން ދަތުރުކުރާ ތަފާތު އެކި ގައުމުތަކުގެ ޤާނޫނާއި ގަވާއިދުތަކަށް ވިސްނަންޖެހެއެވެ. ނުރައްކާތެރި މުދަލުގެ ގޮތުގައި އެކި ގައުމުތަކުން ކަނޑައަޅާފައިވާ މުދާ ތަފާތެވެ. އަދި މީގެ އިތުރުން މުދާ ބަންދު ކުރުމުގެ މައްސަލަތަކާ ވެސް ދިމާވެއެވެ.

މެގްނެޓިކް މާއްދާތަކާއި، ބެޓެރީ ފަދަ ވިހަ ނުވަތަ ކޮރޯސިވް ތަކެއްޗާއި ބަޔޯކެމިކަލް އުފެއްދުންތައް ނުވަތަ ކެމިކަލް ބޭސްތައް ހިމެނޭ ގޮތަށް އަލިފާން ރޯވާ ތަކެތި ފަދަ ތަކެއްޗަށް ހުރަސްއެޅުމަކީ ވެސް ބައެއް ވިޔަފާރިތަކަށް އެއާ ކާގޯ ހޮވުން ހަނިވާނެ ކަމެކެވެ.

ވަގުތު

އަމިއްލަ ފަރުދަކަސް ވިޔަފާރިޔަކަސް، ވަގުތަކީ ވަރަށް މުހިންމު އެއްޗެކެވެ. މުދާ އުފުލާނެ ގޮތެއް ކަނޑައަޅާ، ޑެޑްލައިންތަކަށް މުދާ ގެނައުމަށް ކުރިއާލާ ޕްލޭން ކޮށް ޓައިމްލައިންއެއް ހަދާފައި ހުރުން ވަރަށް މުހިންމެވެ. އެއާ ފްރެއިޓް ބޭނުން ކުރާ ނަމަ ވަގުތުން މުދާ ހުރި ހިސާބާއި، މުދާ ބޭނުންވާ ހިސާބަށް ފޯރާ ވަގުތު ފަދަ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު މައުލޫމާތު ލިބިގެންދާނެއެވެ. ސީ ފްރެއިޓްއިން މުދާ ގެންނަން ބައިވަރޔ ހަފްތާތަކެއް ނަގާއިރު އެއާ ފްރެއިޓްއިން މަދު ދުވަސ ކޮޅެއް ތެރޭގައި މުދާ ގެނެވެއެވެ.

ކަނޑުމަގުން މުދާ ގެނެސް އަދި އެމުދާ ބަނދަރުން އެހެންތާކަށް ގެންދިޔުމުގައި ވަގުތު އިތުރުވެ ކަސްޓަމްސް ކްލިއަރަންސްގައި ލަސް ވުންތައް ދިމާވުން އެކަށީގެންވެއެވެ. ނަމަވެސް މިހާރު އެކްސްޕަޑާއިޓެޑް އެލްސީއެލް ޝިޕްމަންޓް ދަނީ މަގްބޫލުވަމުންނެވެ. މިކަހަލަ ޝިޕިންގްގެ ދަށުން އާދަޔަށްވުރެން އަވަސްވެ މުދާ ބަނދަރާއި ހަމައަށް ފޯރާނެ ދުވަހެއްގެ ޔަގީންކަންދެއެވެ.

މޫސުމީ ބަދަލުތައް

ސީ ފްރެއިޓަށްވުރެން އެއާ ފްރެއިޓް މޫސުމީ ބަދަލުތަކަށް ބަލިކަށިވާނެއެވެ. އެއާލައިންތަކުން އެތަންތަނުގެ މުވައްޒަފުންގެ ރައްކާތެރިކަމަށާއި، ދަތުރުކުރާ އެހެނިހެން ފަރާތްތައް އަދި މުދަލަށް ލިބިދާނެ ގެއްލުމަކަށް ވިސްނާ ފުރާ ދުވަހާއި ވަގުތު ބަދަލު ކުރެއެވެ.

ސީ ފްރެއިޓްގައި މޫސުމީ ބަދަލު ތަކުން އެހާ ބޮޑު އަސަރެއް ނުކުރެއެވެ.

ތިމާވެއްޓަށް ކުރާ އަސަރު

ތެޔޮ ބޭނުން ކުރާ ވަރާއި، ކާރބަން އެމިޝަންސް އަކީ ތިމާވެއްޓަށް ގެއްލުން ނުދީ މަސައްކަތް ކުރުމުގައި އެންމެ މުހިންމު ދެކަމެވެ. ތިމާވެށި ސަލާމަތް ކުރުމުގެ ވިސްނުން ހުންނަ ކޮންމެ ވިޔަފާރިއެއްވެސް ކާރބަން ފުޓްޕްރިންޓް ކުޑަކުރުމުގެ މަސައްކަތް ކުރެއެވެ.

ފްލައިޓަކުން ކޮންމެ މެޓްރިކް ޓަނެއްގެ މުދާ އެއް ކިލޯމީޓަރަށް ގެންދިޔުމުގައި 500 ގްރާމް ކާރބަންޑައިއޮކްސައިޑް ވައިގެ ތެރެއަށް ދޫކޮށްލައެވެ. މިއާ އަޅާ ބަލާއިރު ބޯޓު ދަތުރު ކުރުމުން ދޫކުރެވިގެންދާ ކާރބަންޑައިއޮކްސައިޑް ވަރަށްވެސް މަދެވެ.

މިތަނުން ކޮން ގޮތެއްތޯ ހިޔާރު ކުރާނީ ވިސްނާއިރު، އެވިޔަފާރިއެއްގެ ބޭނުންތަކާއި ހުރި އެހެނިހެން މުހިންމު ކަންކަމަށް އިސްކަންދޭން ޖެހެއެވެ.