ބޭރު ޤައުމުތަކުން ނުވަތަ ދުރު ރާސްތާތަކުން މި ކުޑަ ކުޑަ ދިވެހިރާއްޖެއަށް މުދާ ގެންނަނީ ކިހިނެއްތޯ ހިތައްއަރާތަ؟ މިކަމުގައި ހިމެނެނީ ހަމަ އެކަނި ބޮޑެތި އުޅަނދު ފަހަރާ ކޮންޓެއިނަރުތަކެއް ނޫންކަން އިނގޭދޯ؟ ތިބޭފުޅުންނާ ހަމަޔަށް މުދާ ފޯރު ކޮށްދެވެނީ ބޮޑެތި މަރުހަލާ ތަކެއް ކަނޑައްތު ކޮށްފާކަން އިނގޭތަ؟
މިގޮތުން މިފަދަ މަރުހަލާތަކާ ކުރިމަތިލާ ޝިޕިންގެ ދާއިރާއިން ކުރިއަރަމުންއަންނަ ކަލްޕޭޝް ތިލަންކާ އަކީ ޝިޕިންގް އިންޑަސްޓްރީގައި މުހިންމު މަސައްކަތްތަކެއް ކުރަމުންގެންދާ ވަރުގަދަ ޝަހުސިއްޔަތެކެވެ.
ކަލްޕޭޝް ތިލަންކާއަކީ ދިވެހި ރާއްޖޭގެ ޝިޕިންގް ސިނާއަތުގައި ނަން މަޝްހޫރު ލިޓަސް މޯލްޑިވްސްގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. މިގޮތުން އެނާއަކީ ލިޓަސް މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރުގެ މަގާމު ފުރައްވަމުންދާ އެކުންފުނީގެ ހާއްސަ ލީޑަރެކެވެ. އޭނާ އިސްވެ ހުރެ ކުންފުނީގެ ކްލިއަރެންސް، ފްރައިޓް، އަދި ލޮޖިސްޓިކްސްގެ މަސައްކަތް ކުރަމުން ގެންދެއެވެ. އަދި މުޅި ދިވެހި ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން ޝިޕްމެންޓްތައް އޮމާން ކަމާއެކީގައި ފޯރުކޮށްދެވުނުކަން ކަށަވަރު ކޮށްދިނުމަކީ އޭނާގެ މައްސޫލިއްޔަތެވެ.
އޭނާގެ ކުރު ތަޢާރަފަކާއި ލިޓަސްގައި އަދާކުރައްވާ ދައުރު ކުރުގޮތަކަށް ކިޔާލަދެއްވަމުން އޭނާ ބުނީ، “އަހަރެން މިމަސައްކަތްތައް ކަސްޓަމަރުންނަށް ފަސޭހަ ކޮށްދެނީ ކަސްޓަމް ޑިއުޓީތައް ދައްކަން އެހީވތެރިވެ، ކަސްޓަމަރުންނަށް އެންމެ މުހިންމު ކަންތައްތަކަށް އަހަންމިއްޔަތުކަން ދީގެން ޝިޕިންގްގަ ދިމާވާ ކުދިބޮޑު ހުރިހާ މައްސަލަތަކަށް ހައްލު ހޯދައިދީގެން”.

އަޅުގަނޑުމެން މިއިންޓާރވިއުގައި ކަލްޕޭޝްއާ ކުރެވިގެންދިޔަ ބައެއް ސުވާލުތަކާއި ޖަވާބުތައް :
ކަލްޕޭޝްގެ ދުވަހެއް އާންމުކޮށް ހޭދަވަނީ ކިހިނެއް؟
“ދުވަހުގެ ގިނަ ވަގުތުތައް ހޭދަވަނީ ޓީމްތައް ކޯޑިނޭޑް ކުރުމުގައެވެ. މިގޮތުން ކްލިއަރެންސް އޮފިސަރުން، ފްރައިޓް ބަލަހައްޓާ މުވައްޒަފުން އަދި ބަނދަރުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެކީ ކޯޑިނޭޓްކޮށްގެން ލަސްވުމެއް ނެތި މުދާ ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭން މަސައްކަތްކުރަން .”

ލިޓަސް މޯލްޑިވްސް އާންމު ޝިޕްމަންޓެއްގެ ދަތުރު މިބުނީ ބުކިންގ ކުރުމުން ފެށިގެން ޑެލިވަރީއާ ހަމައަށް އިންނަ ޕްރޮސެސް ނުވަތަ ޕްރޮސީޖާ އަކީ ކޮބާތޯ؟
ލިޓަސް އަށް ކަސްޓަމަރުގެ އިންްްްކުއަރީ އަންނަ ހިސާބުން ކަސްޓަމަރު ބޭނުންވާ ގައުމަކުން މުދާގެނައުމަށް އަގު ހުށަހެޅުމަށްފަހު؛
1. ބުކިންގ – ކަސްޓަމަރުން އެފަރާތުގެ ޝިޕްމަންޓްގެ ތަފްސީލާއެކު ލިޓަސް އަށް ގުޅުން
2. މުދާ އުފުލުމުގައި އެންމެ އެކަށީގެންވާ ގޮތެއް ހިޔާރުކުރުން – މުދާ ފޮނުވަނީ ކަނޑު ނުވަތަ ވައިގެ މަގުންތޯބަލާ އެކަން ހަމަޖެއްސުން.
3.ސަޕްލަޔަރ އަތުން މުދާ ކަލެކްޓްކުރުމަށް ފަހު ވެޔާރ ހައުސްއަށް ޑެލިވާރ ކުރުމުގެ ނުވަތަ ޝިޕްކުރުމުގެ މަސައްކަތްކުރުން
4. ކަސްޓަމްސް ކްލިއަރެންސް – ލިޓަސް އިން ހުރިހާ ލިޔެކިޔުންތަކަކާއި ކަސްޓަމަސް ކްލިއަރެންސްގެ މަސައްކަތްތަށް ކުރުން.
5. ފައިނަލް ޑެލިވަރީ – ރިސޯޓެއް ނުވަތަ ކޮންސްޓްރަކްޝަން ސައިޓަށް ނުވަތަ އެދިފައިވާ ކޮންމެ ތަނަށް ތަކެތި ޑެލިވަރ ކުރުން
ލިޓަސްގެ އަމާޒަކީ އަބަދުވެސް އެންމެ އެކަށީގެންވާ، އެންމެފަސޭހަ،އަދި އެންމެ އަވަހަށް،ރައްކާތެރި ވާނޭ ގޮތަށް ކަސްޓަމަރުންނަށް މުދާ ފޯރުކޮށްދިނުމެވެ.
މިއަދު ޝިޕިންގްގެ ދާއިރާގައި ދިމާވާ އާންމު ގޮންޖެހުންތަކަކީ ކޮބައިތޯ؟ އަދި ލިޓަސްއިން އެކަންކަމާ ކުރިމަތިލަނީ ކިހިނެއްތޯ؟
“ޝިޕިންގްގެ ދާއިރާގައި އަބަދުވެސް އެތަކެއް ގޮންޖެހުން ތަކަކާ ކުރިމަލާންޖެހެއެވެ. އެއީ މޫސުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ބަނދަރުތަކާއި އެއާޕޯޓްތައް ތޮއްޖެހުމާއި، ކަސްޓަމްސްގައި ދިމާވާ މައްސަލަތަކާއި، ސަޕްލަޔަރުންނާއި ގުޅޭ މައްސަލަތައްވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި މިގޮންޖެހުންތަކާއި ކުރިމަތި ލަނީ، ކަސްޓަމަރުންނާއި ގާތް ގުޅުމެއް ބާއްވާ ކުރިއާލާ މިފަދަ މައްސަލަތައް ހައްލު ކުރުމަށް ކަސްޓަމަރުންނާ މަޝްވަރާކޮށްގެންނެވެ. ކަސްޓަމަރުންނާ މަޝްވަރާކޮށްގެން ހައްލު ނުވާ ކަމެއް ނޯވެއެވެ. މިގޮތުން އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ދަތިކަމަކާވެސް އަވަހަށް ކުރިމަތިލާ، ކަންކަން އޮމާންކޮށް ގެންދެވުމަށް މަސައްކަތްކުރަން”

