
ބައިނަލްއަގްވާމީ ވިޔަފާރި ވަރަށް ބޮޑަށް ބަރޯސާވެފައިވަނީ ޝިޕިންގ އިންޑަސްޓްރީއަށެވެ. ގިނަ ސިނާއަތްތަކުގައި ޓެކްނޮލޮޖީގެ ކުރިއެރުންތައް ފެންނަމުން ދާއިރު، ބަލާބެލުމަށް ޝިޕިން އިންޑަސްޓްރީ ފަހަތަށް ނުޖެހި ކުރިއަށް އަރަމުން ދެއެވެ. އިތުރަށް ރައްކާތެރިކަމާއި، ދެމެހެއްޓެނިވިކަމާއި، ކަންކަން ފަސޭހަކުރުމަށް ދެވޭ އަހަންމިއްޔަތުގެ ސަބަބުން، އޮޕަރޭޝަންތައް އޮޕްޓިމައިޒްކޮށް، ދުވަހެއް ދުވަހަކަށް ޓެކްނޮލޮޖީގެ ބޭނުން ބޮޑުވަމުންދާ ދުނިޔެއެއްގެ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި، ޝިޕިން އިންޑަސްޓްރީވެސް ވަނީ ރޮބޮޓިކްސް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ބޭނުން ހިފަން ފަށާފައެވެ.
ސްމާޓް ޝިޕިންގ އަށް އޭއައި
ޝިޕިންގ އިންޑަސްޓްރީގެ އެކި ކަންކަމުގައި ވަނީ އޭއައި ބޭނުން ކުރަން ފަށާފައެވެ. ވެސަލް ރޫޓް އޮޕްޓިމައިޒޭޝަން އަދި މެއިންޓެނަންސް ޕްރިޑިކްޝަނުން ފެށިގެން ނިންމުންތައް ނިންމުމާއި ބަނދަރު އޮޕަރޭޝަންތައް އޮޓޮމޭޓްކުރުމާ ހަމައަށް އޭއައިގެ ބެނުން ހިފައެވެ.
- ސްމާޓް ފްލީޓްސް: މެޝިން ލާނިން އެލްގޮރިދަމްސް ބޭނުންކޮށްގެން މަންޒިލަށް ފޯރާނެ އެންމެ ރަނގަޅު މަގެއް ހޯދާ، މޫސުމަށް އަންނަ ބަދަލުތަކާއި، ޖީޕީއެސް އަދި ޕޯޓް ކޮންޖެޝަން ޑޭޓާ ފަދަ އެކި ސޯސްތަކުން ލިބޭ ޑޭޓާއަށް ބަލައިގެން ޑީސަލް ނުވަތަ ޕެޓްރޯލް އެނދުމުން ދޫކުރާ ގޭސްތައް މަދުކުރެވިދާނެއެވެ. ސީ މެޝިން ރޮބޮޓިކްސް ފަދަ ބައެއް ކުންފުނިތަކުން ދަނީ އެކީ އޮޓޮމެޓިކް ކޮންޓްރޯލް ސިސްޓަމެއް ފަދަ އާ އަދި އަޖައިބު ކުރުވަނިވި ތަރައްގީތަކެއް ގެންނަމުންނެވެ. މި ސިސްޓަމް ބެނުން ކޮށްގެން ބޯޓުގެ ކްރޫ މަދުކޮށް ނުވަތަ ބައެއް ހާލަތްތަކުގައި ކްރޫއަކާއި ނުލާވެސް ކުރިއަށް ދާނެ ކަމަށްވެއެވެ.
- ޕްރިޑިކްޓިވް މެއިންޓެނަންސް: އޭއައި އިން އުޅަނދުގެ ކޮމްޕޯނެންޓްތައް ފޭލްވެދާނެ ވަގުތާއި ތަންތަން ލަފާކޮށް އަންގާދެއެވެ. ސެންސަރ ޑޭޓާއާއި ކުރީގައި ކަންހިނގާފައިވާ ގޮތަށް ބަލާ، މައްސަލަ ދިމާވުމުގެ ކުރިން ކުރިމަތިވެދާނެ މައްސަލަތައް ދެނެގަނެ، ޑައުންޓައިމް އާއި މަރާމާތު ކުރުމުގެ ހަރަދުތައް ކުޑަކުރެވޭނެއެވެ. ‘ވާރޓްސިލާ’ އާއި ‘ރޯލްސް ރޮއިސް’ ފަދަ ކުންފުނިތަކުން މިހާރުވެސް ދޭ ޕްލެޓްފޯމްތަކުން މިހާރުވެސް ހަމަ މިކަމަށްޓަކައި އޭއައި ބޭނުން ކުރެއެވެ.
- ނިންމުންތައް ނިންމުމަށް އެހީތެރިވުން: އޭއައި ބޭނުން ކުރާ ސިސްޓަމްތަކުން ރިއަލް ޓައިމްގައި ގިނަ އަދަދެއްގެ ޑޭޓާ ޕްރޮސެސްކޮށް، މައުލޫމާތު ލިބިގެން ނިންމުންތައް ނިންމުމުގައި ކްރޫއިންނަށް އެހީތެރިވެދެ އެވެ. މިއީ ޚާއްސަކޮށް ތޮއްޖެހިފައިވާ ފަޅުތަށް ނުވަތަ ކަނޑުމަގުތަކުގެ ތެރެއިން ދަތުރުކުރަން ނުވަތަ ކުއްލި ހާލަތްތަކުގައި ރައްދުދިނުން ފަދަ ކޮމްޕްލެކްސް ޙާލަތްތަކުގައި އަގުހުރި ކަމެކެވެ.
ރޮބޮޓިކްސް: ޕޯޓްތަކާއި ޑޮކްސް އޮޓޮމޭޓް ކުރުން
ރޮބޮޓިކްސް އިން ދަނީ ބަނދަރުތަކާއި ބޯޓުފަހަރު މަތީގައި މަސައްކަތްތައް އޮޓޮމޭޓްކޮށް، ރައްކާތެރިކަން އިތުރުކޮށް، އެހެނިހެން ގޮތްގޮތުންވެސް މަސައްކަތްތަށް ފަސޭހަ ކުރުމަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ރޮބޮޓިކް އާމްސް އެންޑް ކްރޭންސް: ކާގޯ، ވެލްޑިންގ، އަދި ޕެއިންޓިންގ ފަދަ ލޯޑިންގ އަދި އަންލޯޑިންގ ފަދަ މަސައްކަތްތަކަށް ރޮބޮޓިކް އާމްސް ބޭނުން ކުރަމުންދެއެވެ. މި ރޮބޮޓްތަކަށް ނުރައްކާތެރި މާހައުލުތަކުގައި މަސައްކަތް ކުރެވޭތީވެ، މަސައްކަތްތެރިންގެ ރައްކާތެރިކަން ރަނގަޅު ކުރެވޭނެއެވެ.
-
- ކަނޑުއަޑީގެ ރޮބޮޓްތައް: ރިމޯޓް އޮޕަރޭޓް ކުރާ އުޅަނދުފަހަރު (އާރްއޯވީ) އަކީ ފެނުގެ އަޑީގައި އިންސްޕެކްޝަން ކުރުމާއި، ބެލެހެއްޓުމާއި، މަރާމާތު ކުރުމަށް ބޭނުންކުރާ އުޅަނދުތަކެއް ކަމުން، ޑައިވަރުންގެ ބޭނުން ކުޑަވެ، ކަނޑުއަޑީގެ ގޮންޖެހުން ބޮޑު ހާލަތުގައި މީހުންގެ ރައްކާތެރިކަން ރަނގަޅު ކުރެވޭނެއެވެ.
- އޮޓޮމޭޓެޑް ގައިޑެޑް ވެހިކަލްސް (އޭ.ޖީ.ވީ): އޭޖީވީގެ ބޭނުން ކޮށްގެން ދަނީ ބަނދަރުތަކުގައި ކޮންޓެއިނަރު ބެލެހެއްޓުމަށް އިންގިލާބެއް ގެނެސްދެމުންނެވެ. މި ޑްރައިވަރާ ނުލާ ހަރަކާތްތެރިވާ އުޅަނދުތަކުގެ ސަބަބުން ބޯޓުތަކާއި ސްޓޯރޭޖް ސަރަހައްދުތަކުގެ މެދުގައި ކޮންޓެއިނަރުތައް ގެންދެވޭނެ ކަމަށާއި، ޓްރެފިކް ފްލޯ އޮޕްޓިމައިޒްކޮށް، ހެދޭ ކުއްތަށް ކުޑަކުރެވޭނެއެވެ. އޭޖީވީގެ ތަރައްގީކުރުމާއި އަދި އޭގެ ބޭނުން ހިފުމުގައި ‘ކަލްމާރ’ އާއި ‘ކޮނެކްރޭންސް’ ފަދަ ކުންފުނިތައް ވަނީ ކުރިއަރާފައެވެ.
ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް އޭގެ މާނައަކީ ކޮބާ؟
ޝިޕިންގައި އޭއައި އާއި ރޮބޮޓިކްސް އުފެދުމަކީ ރާއްޖެ ފަދަ ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެސް ފުރުސަތުތަކާއި ގޮންޖެހުންތައް ވެސް ކުރިމަތިވާ ކަމެކެވެ. އެއްކޮޅުން ބަލާއިރު، މި ޓެކްނޮލޮޖީތަކުގެ ސަބަބުން ދަތުރުފަތުރުގެ ހަރަދުތައް ކުޑަވެ، ބައިނަލްއަގްވާމީ ބާޒާރުތަކަށް ވަދެވޭނެ މަގު ފަހިކޮށް، މިސިނާއަތަށް ހަމަހަމަ ކަމެއް ގެނައުމަށް އެހީތެރިވެދެއެވެ. އޭއައި ޕަވަރޑް ލޮޖިސްޓިކްސް އޮޕްޓިމައިޒޭޝަންގެ ސަބަބުން ކުދި ގައުމުތަކަށް އެމީހުންގެ ސަޕްލައި ޗޭންތައް ސްޓްރީމްލައިންކޮށްދީ، އޮޕަރޭޝަނަލް ހަރަދުތައް ކުޑަކޮށްގެން މާ ފައިދާހުރި ގޮތެއް ދައްކަދެއެވެ. ނަމަވެސް އިންފްރާސްޓްރަކްޗަރ ގެ ގޮންޖެހުންތަކާއި، މާލީ ދަތިތަކާއި، ފަންނީ ތަޖުރިބާ ނެތުމުން މި ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ގެންގުޅުމުގައި މި ގައުމުތަކަށް ދަތިތަކެއް ކުރިމަތިވެދާނެއެވެ.
ގޮންޖެހުންތައް
ރޮބޮޓިކްސް އާއި އޭއައި ބޭނުން ކުރުމުން ބޮޑެތި ފައިދާތަކެއް ލިބޭއިރު، މި ސިނާއަތަށް ގޮންޖެހުންތަކެއްވެސް ހުރެއެވެ. އެގޮތުން:
ޑޭޓާ ސެކިއުރިޓީގެ ކަންބޮޑުވުންތައް: ޑޭޓާ ހިއްސާކުރުމަށް ބަރޯސާވުން އިތުރުވުމުން ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން ކަންބޮޑުވުންތަކާއި ޑޭޓާ ޕްރޮޓެކްޝަންއަށްޓަކައި ވަރުގަދަ ފިޔަވަޅުތައް އަޅަންޖެހެއެވެ.
-
- ރެގިއުލޭޓަރީ އޮނިގަނޑުތައް: ރައްކާތެރިކަމާއި ޒިންމާދާރުކަން ތަންފީޒުކުރުމަށްޓަކައި އޮޓޮނޮމިކް ވެސަލްސް އަދި އޭއައި ސިސްޓަމްތަކަށް ސާފު ގަވާއިދުތައް އެކުލަވާލުމަކީ މުހިންމު ކަމެކެވެ.
- ތަންފީޒު ކުރުމުގެ ހަރަދު ބޮޑުވުން: އާ ޓެކްނޮލޮޖީތައް ބޭނުން ކުރަން ފަށަން ބޮޑެތި ހަރަދު ތަކެއް ކުރަން ޖެހޭތީވެ، ބައެއް ކުންފުނިތަކަށް މިކަން ހުރަހަކަށް ވެދާނެ އެވެ.
މި ގޮންޖެހުންތަކާއެކުވެސް ޝިޕިންގެ މުސްތަގްބަލް ވަނީ ރޮބޮޓިކްސް އަދި އޭއައި އާގުޅިފައެވެ. ކުރިއަށް އޮތް އަހަރުތަކުގައި ޓެކްނޮލޮޖީ ކުރިއަރަމުންދާ ވަރަކަށް، އޮޓޮމޭޝަން، އެފިޝަންސީ، އަދި ސަސްޓެއިނަބިލިޓީ އިތުރަށް ކުރިއަރާނެ ކަމަށް އުންމީދު ކުރެވެއެވެ.
