Skip to content Skip to footer

ރާއްޖެއަށް މުދާ އެތެރެކުރާނެ ގޮތް: ފުރިހަމަ އިރުޝާދު

އަމިއްލަ ވިޔަފާރިއެއް ފެށުމަކީ ގިނަ ބައެއްގެ އަމާޒެކެވެ. މިގޮތުން،މުދާ އިމްޕޯޓުކުރާ ވިޔަފާރިއެއް ފަށަން ވިސްނާނަމަ ޝިޕިންގ ޕްރޮސެސް ދަސްކޮށް ދެނެގަތުމަކީ މުހިއްމުކަމެކެވެ. ޚާއްޞަކޮށް ދިވެހިރާއްޖޭގައި މިފަދަ ވިޔަފާރިއެއް ފެށުމަށް ވިސްނާނަމަ، އެކަމާ ގުޅޭ އުޞޫލުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ދިވެހިރާއްޖެއަށް ބޭނުންވާ މައިގަނޑު ހުރިހާ މުދަލެއްހެން އެެތެރެކުރަންޖެހެނީ ނުވަތަ އިމްޕޯޓްކުރަންޖެހެނީ ބޭރު އެކި ޤައުމުތަކުންނެވެ. މިގޮތުން މުދާ އެތެރެކޮށް ވިޔަފާރިކުރާ ހުރިހާ ފަރާތްތަކުން މި އުސޫލުތައް ދެނެގަތުމަކީ އެ ޕްރޮސެސް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމެކެވެ.

photo 2025 06 29 16.14.50
މުދާ އެތެރެކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކަށް ބަލާއިރު،

އެންމެ އެކަށޭނަ ޝިޕިންގ ގޮތް ޚިޔާރުކުރުން

ދިވެހިރާއްޖެއަށް މުދާ އެތެރެކުރުމުގައި އެންމެ ފުރަތަމަ ނިންމަންޖެހޭ މުހިންމު ކަމަކީ މުދާ އުފުލާނެ ގޮތް ކަނޑައެޅުމެވެ. މިގޮތުން ކަނޑުމަގުން އަދި ވައިގެމަގުންވެސް ރާއްޖެއަށް މުދާއެތެރެކުރެވެއެވެ.

ކަނޑުމަގުން މުދާ އުފުލުމަކީ ދިވެހިރާއްޖެއަށް މުދާ އެތެރެކުރުމަށް އެންމެ އާންމުކޮށް ބޭނުންކުރެވޭ ގޮތެވެ. ޚާއްސަކޮށް ބޮޑެތި އަދި ބަރުދަން ހުންނަ ޝިޕްމަންޓްތަކަށް މި ގޮތް އެންމެ އެކަށީގެންވެއެވެ. ކަނޑުމަގުން މުދާ އެތެރެކުރުމުގެ އެންމެ ބޮޑު ފައިދާއަކީ އަގުހެޔޮކަމެވެ. ނަމަވެސް އޭރުން މުދާ ރާއްޖެއަށް ގެނައުމަށް ނަގާ މުއްދަތު އިތުރުވެއެވެ. މިގޮތުން އާންމުކޮށް މުދާގެންނަ ގައުމުތަކުން ރާއްޖެއަށް މުދާގެނައުމަށް 2-3 ހަފްތާއެއް ހޭދަވެއެވެ.

ކަނޑުމަގުން މުދާ އުފުލުމުގައި ދެ ގޮތެއް ބޭނުންކުރެވެއެވެ. އެއީ ފުލް ކޮންޓެއިނަރ ލޯޑް (އެފްސީއެލް) އަދި ލެސް ދަން ކޮންޓެއިނަރ ލޯޑް (އެލްސީއެލް) އެވެ. އެފްސީއެލްއަކީ ބޮޑެތި އަދަދަކަށް މުދާ އެތެރެކުރާ ވިޔަފާރިތަކަށް އެންމެ އެކަށީގެންވާ ގޮތެވެ. އެލްސީއެލްއަކީ ކުޑަ އަދަދަކަށް މުދާ އެތެރެކުރާ އަދި މުޅި ކޮންޓެއިނަރު ބޭނުންނުވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތެވެ.

ވައިގެމަގުން މުދާ އުފުލުމަކީ މުދާ އެތެރެކުރާ އަނެއް ގޮތެވެ. މި ގޮތް އާންމުކޮށް ބޭނުންކުރެވެނީ ލުއި އަދި އަވަހަށް ގެންނަން ބޭނުންވާ މުހިންމު މުދަލަށެވެ. މިސާލަކަށް އިލެކްޓްރޯނިކް ތަކެތި، ފެޝަން އައިޓަމްތައް، ނުވަތަ މެޑިކަލް ސަޕްލައިހިމެނެއެވެ. ނަމަވެސް، މިއީ ކަނޑުމަގާ އަޅާބަލާއިރު އަގުބޮޑު ގޮތެކެވެ.  އެއާ ފްރެއިޓްއިން މުދާ އުފުލާނަމަ، ސީ ފްރެއިޓްގައި ދިމާވާ ލަސްތަކާއި ނުލާ މުދާ ގެނެވޭނެއެވެ. އަދި ސީފްރެއިޓްއަށް ވުރެން ގިނަ ތަންތަނުން މުދާ ގެނެވޭނެއެވެ.

ވީމާ، މުދާ އުފުލާނެ ގޮތެއް ނިންމުމުގައި އަގާއި އަވަސްކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މުދަލުގެ ބާވަތާއި، ބޭނުންވާ މިންވަރާއި، އަދި އަވަސްމިނަށް ރިޢާޔަތްކޮށް އެންމެ އެކަށީގެންވާ ގޮތެއް ޚިޔާރުކުރުން މުހިންމެވެ.

photo credits port.mv

އިތުބާރުރުހުރި ޝިޕިންގ ޕާޓްނަރެއްގެ އެހީތެރިކަން ހޯދުން

 މުދާ އެތެރެކުރުމަށް އިތުބާރުހިފޭ ކުންފުންޏެއް ހޯދުމަކީ ކޮންމެ ވިޔަފާރިއަކައްވެސް މުހިއްމު ކަމެކެވެ. ލޮޖިސްޓިކްސްގެ ކަންތައް ފަސޭހައިން ނިންމި، މުދާ އެތެރެކުރެވޭނެ ގޮތް ހޯދުމަކީ ކޮންމެ ވިޔަފާރިއެއްވެސް ކުރިއެރުމަށް މަގުފަހިވާ ކަމެކެވެ.

މުދާ އުފުލާނެ ފަރާތެއް ހޯދާއިރު، އެވިޔަފާރިން އެންމެ ބޮޑު އަހަންމިއްޔަތެއްދެނީ ކޮންކަމަކަށްތޯ ދެފަރާތަށްވެސް އޮޅުންފިލަން ޖެހޭނެއެވެ. އޭރުން މުދާ އެތެރެކުރާ ފަރާތްތަކަށް އެކަންތައްތަކާއިމެދު ވިސްނަން އިނގޭނެއެވެ. ވިޔަފާރީ ކުރިއަރުވަން ވިސްނާފައިވާ ގޮތްތައް މަޝްވަރާކޮށް މުދާ އުފުލާ ކުންފުންޏައްވެސް އަންގާ، އެކީ އެމަންޒިލަށް ވާސިލްވާން މަސައްކަތްކުރެވޭނެއެވެ.

މީގެ އިތުރުން، މަޢުލޫމާތު އޮޅުންފިލުވާ ހިސާބުންފެށިގެން ކުރިއާލާ ‘ކުއޯޓޭޝަން’ އެއް ހޯދުން މުހިންމެވެ. އޭރުން އިމްޕޯޓް އަދި އެކްސްޕޯޓް ފީ ނުވަތަ އިންޝުރަންސް ފީތަކުގެ ޖުމްލަ އަގު ހިމަނައިފާވާކަން ޔަޤީން ވެގެން ދާނެއެވެ. އިތުރަށް ދައްކަން ޖެހިދާނެ ފީތަކާއި ބެހޭ ގޮތުން އިތުރަށް އޮޅުން ފިލުވާލުންވެސް ރަނގަޅެވެ. ‘ޑެމުރޭޖް’ ނުވަތަ ޑިޓެންޝަން ފީއަކީވެސް ބައެއް ފަހަރު ނޭނގި ހުއްޓާ ދައްކަން ޖެހޭ ފީއެކެވެ. ދެ ފަރާތުގެ ދެމެދުގައި އަބަދުވެސް ދުރާލާ ކަންތައްތައް އޮޅުންފިލުވުން އަދި ޕްލޭނެއްގެދަށުން މަސައްކަތްކުރުން މުޙިއްމުވާ ސަބަބަކީ މިއީއެވެ

ކަސްޓަމްސް އަދި އިމްޕޯޓް ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުން

މުދާ އެތެރެކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކަށް ބަލާއިރު، މުދާ އެތެރެކުރާ ފަރާތްތަކުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަލަހައްޓާ އެސިކިއުޑާ ވޯލްޑް އޮންލައިން ސިސްޓަމް މެދުވެރިކޮށް ކޮމާޝަލް އިންވޮއިސް، ޕެކިންގ ލިސްޓް، ބިލް އޮފް ލޭޑިންގ ނުވަތަ އެއަރވޭ ބިލް، އަދި އިމްޕޯޓް ޑިކްލަރޭޝަން ފަދަ މުހިންމު ލިޔެކިޔުންތައް ތައްޔާރުކޮށް ހުށަހަޅަންޖެހޭނެއެވެ. މުދާ ބޭރުކުރުމުގައިވެސް، އެކްސްޕޯޓް ޑިކްލަރޭޝަން ފޯމާއި، ބައެއް ހާލަތްތަކުގައި ސެޓްފިކެޓް އޮފް އޮރިޖިން އަދި ކާބޯތަކެއްޗަށް ހެލްތު ސެޓްފިކެޓް ފަދަ ލިޔެކިޔުންތައް ބޭނުންވާނެއެވެ.

މީގެ ތެރޭގައި އާންމު ގޮތެއްގައި؛

ބިލް އޮފް އެންޓްރީ

ކޮމާޝަލް އިންވޮއިސް

ޕެކިންގ ލިސްޓް

ބިލް އޮފް ލޭޑިންގ ނުވަތަ އެއަރ ވޭބިލް

Cargo Handling

ދިވެހިރާއްޖެއިން އިމްޕޯޓް ޑިއުޓީ ނަގަނީ މުދަލުގެ ބާވަތަށް ބަލައިގެންނެވެ. ގިނަ މުދާތަކަށް 5% އާއި 25% އާ ދެމެދުގެ ޓެކްސް ނެގެއެވެ. ނަމަވެސް، ބައެއް މުދާތަކަށް، މީގެ ތެރޭގައި ބަނގުރާ، ދުންފަތް، އަދި އިލެކްޓްރޯނިކްސް ހިމެނޭގޮތަށް – މަތީ ޑިއުޓީއެއް ނަގައިދާނެއެވެ. އަދި މިފަދަ ބައެއް މުދާ އެތެރެކުރުމަށް އިތުރު ލައިސަންސްތަކެއް ބޭނުންވެދާނެއެވެ.

ޚަރަދުތައް ދެނެގަތުން އަދި ރާއްޖެއަށް މުދާ އެތެރެކުރުމުގެ ލޮޖިސްޓިކްސް

މުދާ އެތެރެކުރުމުގައި ހިމެނޭ ޚަރަދުތަކުގެ ޖުމްލަ ދެނެގަތުމަކީ އެންމެ މުހިންމު އެއްކަމެވެ. ފްރައިޓް ޚަރަދުގެ އިތުރުން، އިންޝުއަރެންސް، ހޭންޑްލިންގ ފީ، ކަސްޓަމްސް ޑިއުޓީ އަދި ޖީ.އެސް.ޓީ ފަދަ އެހެނިހެން ޚަރަދުތަކަށްވެސް ސަމާލުކަން ދޭންޖެހެއެވެ. ވަކިން ޚާއްޞަކޮށް، މާލެ ފިޔަވައި އެހެން ރަށްރަށަށް މުދާ ފޯރުކޮށްދޭނަމަ، އެތެރޭގެ ޑެލިވަރީ ޚަރަދުތަކަށްވެސް ވިސްނަންވާނެއެވެ. މިގޮތުން ބަޖެޓް އެކުލަވާލުމަށާއި އަދި  ޚަރަދުތައް މެނޭޖްކުރުމަށް ލޮޖިސްޓިކްސް ފޯރުކޮށްދޭ ފަރާތުން ހުރިހާ ޚަރަދެއް ހިމެނޭ ތަފްޞީލީ ކޯޓޭޝަނެއް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގެ ރޭވުންތެރިކަން

ދިވެހިރާއްޖެއަކީ ވަކިވަކި ޖަޒީރާތަކުގެ މައްޗަށް އެކުލެވިގެންވާ ޤައުމަކަށްވުމާއެކު، ގިނަ ވިޔަފާރިތަކުން މާލެއަށް މުދާ ގެނައުމަކީ މުދާ އެތެރެކުރުމުގެ ފުރަތަމަ މަރުޙަލާއެވެ. މުދާ ފޯރުކޮށްދޭން ބޭނުންވަނީ އެހެން އަތޮޅުތަކުގައި ހުރި ރިސޯޓުތަކަށް، ފިހާރަތަކަށް ނުވަތަ ވިޔަފާރިތަކަށް ކަމުގައިވާނަމަ، އެތެރޭގެ ދަތުރުފަތުރުގެ ވަސީލަތްތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. މީގެ ތެރޭގައި ފެރީ ޚިދުމަތްތައް، މުދާ އުފުލާ އުޅަނދުފަހަރު، އަދި މުދާ ފޯރުކޮށްދޭންޖެހޭ ތަން ފުރިހަމައަށް ދެނެގަންނަން ޖެހެއެވެ. ރަށުން ރަށަށް މުދާ ޑެލިވަރީކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ އިތުބާރުހުރި ޝިޕިންގ ޕާޓްނަރަކާއެކު މަސައްކަތްކުރުމަކީ މި މަރުހަލާ ފަސޭކޮށްދޭނެ ކަމެކެވެ.

އާންމުކޮށް ދިމާވާ މައްސަލަތަކުން ރައްކާތެރިވުން

އިމްޕޯޓް/އެކްސްޕޯޓް ކޮންޓްރޯލް ރެގިއުލޭޝަންގައި މަނާ އަދި ހިފެހެއްޓިފައިވާ ތަކެތި އަދި ކޮންޓްރޯލްކުރެވިފައިވާ މުދަލުން ވިޔަފާރިކުރެވޭނެ ޝަރުތުތައް ބަޔާންކޮށްފައިވެއެވެ. ވިޔަފާރިތަކުން މުދާ އެތރެކުރުމާއި ބޭރުކުރުމުގައި މިކަންކަމަށް ސަމާލުވުމަކީ މުހިންމުކަމެކެވެ.

clearance

އާންމުކޮށް ދިމާވާ މައްސަލަތަކުން ރައްކާތެރިވުން

މުދާ އެތެރެކުރުމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކުން އާންމުކޮށް ދިމާވާ މަދު ބައެއް މައްސަލަތައް:

  1. މުދަލުގެ މަނާ ތަކެތި ޗެކްކުރުމަށް އިހުމާލުވުން
  2. ކަސްޓަމްސް ކްލިއަރެންސްއަށް ހޭދަވާނެ ވަގުތު ރަނގަޅަށް ނޭނގުން
  3. އެކަށީގެންނުވާ ޝިޕިންގ ގޮތެއް އިޚްތިޔާރުކުރުން
  4. މުދަލުގައި ނުބައިކޮށް ލޭބަލްކުރުން
  5. ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ދޫކޮށްލުން

މި މައްސަލަތަކުން ސަލާމަތްވުމަށް އެންމެ އެދެވިގެންވާ ގޮތަކީ، މުދާ އެތެރެކުރުމުގެ ކޮންމެ މަރުޙަލާއެއްގައިވެސް ތަޖުރިބާކާރު ފަންނުވެރިންގެ އިރުޝާދާއެކު މަސައްކަތްކުރުމެވެ.

photo 2025 06 16 16.31.05

އަލަށް މި ދާއިރަށް ވަންނަމީހުނަށް ދިވެހިރާއްޖެއަށް މުދާ އެތެރެކުރުމަކީ ގިނަ ގޮންޖެހުންތަކެއް ހުރި މަސައްކަތެއް ކަމަށް ޤަބޫލުކުރެވިދާނެއެވެ. ނަމަވެސް، ސައްޙަ މަޢުލޫމާތާއި އިތުބާރުހުރި ލޮޖިސްޓިކްސް ބައިވެރިއެއްގެ އެހީތެރިކަން ލިބުމުން، މި މަސައްކަތް ފަސޭހަވެގެންދާނެއެވެ. ވިޔަފާރި އަލަށް ފަށަމުންދާ ފަރާތްތަކަށް ވިޔަސް، ނުވަތަ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިޔަފާރި ފުޅާކުރަމުންދާ ފަރާތްތަކަށް ވިޔަސް، ޝިޕިންގ، ކަސްޓަމްސް އަދި ރާއްޖޭގެ އެތެރޭގެ ޑެލިވަރީގެ އަސާސީ ކަންތައްތައް ދެނެގަތުމަކީ މުހިއްމުކަމެކެވެ.

މިގޮތުން ފުރަތަމަ ޝިޕްމަންޓަށް އެހީތެރިކަމެއް ބޭނުންވާނަމަ، ލިޓަސް މޯލްޑިވްސްއިން ފުރިހަމަ ޝިޕިންގ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ.ކަނޑާއި ވައިގެ މަގުން މުދާ އުފުލުމާއި، ކަސްޓަމްސް ކްލިއަރެންސް

އަދި ރާއްޖޭގެ އެތެރޭގެ ޑެލިވަރީއާ ހަމައަށް، ތިޔަ ފަރާތުގެ ވިޔަފާރީގެ ކާމިޔާބީއަށް އެހީތެރިވުމަށް އަޅުގަނޑުމެން ތިބީ ތައްޔާރަށެވެ.