Skip to content Skip to footer

އެފްސީއެލް އަދި އެލްސީއެލް: ކޮންޓެއިނަރުގައި މުދާ އުފުލާ މައިގަނޑު ދެ ގޮތް

ޝިޕިންގެ ނުވަތަ މުދާ އުފުލުމުގެ ސިނާއަތުގައި، އެފްސީއެލް (ފުލް ކޮންޓެއިނަރ ލޯޑް) އަދި އެލްސީއެލް (ލެސް ދެން ކޮންޓެއިނަރ ލޯޑް) އަކީ އާންމުކޮށް ބޭނުންކުރެވޭ ދެ އިސްތިލާހެވެ. ނުވަތަ ކޮންޓެއިނަރުގައި މުދާ އުފުލާ މައިގަނޑު ދެ ގޮތެވެ. މި ދެ ބަހުގެ މާނައާއި، މި ދެ ގޮތުގެ ތަފާތު  ރަނގަޅަށް ދެނެގަތުމަކީ ސަޕްލައި ޗެއިން އެންމެ އެކަށީގެންވާ ގޮތުގައި ބައްޓަންކުރުމަށާއި، މުދާ އުފުލުމުގެ ޚަރަދު ކުޑަކުރުމަށް ވިޔަފާރިތަކަށް ނުހަނު މުހިންމު ކަމެކެވެ.

އެފްސީއެލް (ފުލް ކޮންޓެއިނަރ ލޯޑް) : މުޅި ކޮންޓެއިނަރު ޚާއްޞަ ކުރެވިފައިވަނީ އެއްކަސްޓަމަރެއްގެ މުދަލަށް

އެފްސީއެލް ނުވަތަ ފުލް ކޮންޓެއިނަރ ލޯޑްގައި، މުޅި ކޮންޓެއިނަރުގެ ޖާގަ ހާއްސަވަނީ އެއް ފަރާތެއްގެ މުދަލަށެވެ. މުޅި ކޮންޓެއިނަރު ފުރިހަމައަށް ބޭނުން ނުކުރިކަމުގައި ވިޔަސް، އެ ކޮންޓެއިނަރުގެ މުޅި ޖާގައަށް އެފަރާތަކުން ފައިސާ ދައްކަން ޖެހޭނެއެވެ. މިއީ ގިނަ އަދަދެއްގެ މުދާ އެއްފަހަރާ އުފުލަން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތެވެ.

އެފްސީއެލްގެ މައިގަނޑު ފައިދާތަކުގެ ތެރޭގައި މުދަލަށް ގެއްލުން ލިބުމުގެ ފުރުސަތު ކުޑަވުމާއި، މުދާ ގެއްލުމުގެ ފުރުސަތު ކުޑަވުން ހިމެނެއެވެ. އަދި މީގެ އިތުރުން ޓްރާންސިޓް ވަގުތު ކުރުވުމާއި، ގިނަ އަދަދެއްގެ މުދާ އުފުލާނަމަ އަގު ހެޔޮވުން ފަދަ ކަންކަންވެސް ހިމެނެއެވެ.

އެލްސީއެލް (ލެސް ދެން ކޮންޓެއިނަރ ލޯޑް) : ކަސްޓަމިރުން ކޮންޓެއިނަރުގެ ޖާގަ ބަހައިގެން އުފުލާ މުދާ

އެލްސީއެލް ނުވަތަ ލެސް ދެން ކޮންޓެއިނަރ ލޯޑްގައި، އެއް ކޮންޓެއިނަރެއްގައި ގިނަ ފަރާތްތަކެއްގެ މުދާ އުފުލެއެވެ. މިގޮތުން ކޮންމެ ފަރާތަކުންވެސް ފައިސާ ދައްކަނީ އެފަރާތެއްގެ މުދަލުން ހިފާފައިވާ ޖާގައަށެވެ. މިއީ މަދު އަދަދެއްގެ މުދާ އުފުލަން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތެވެ.

އެލްސީއެލްގެ އެންމެ ބޮޑު ފައިދާއަކީ ކުދި ޝިޕްމަންޓްތަކަށް އޭގެ ހަރަދު ކުޑަވުމެވެ. އަދި މީގެ އިތުރުން ކުދި އަދަދުތަކުން މުދާ ގެނައުމުގެ ފުރުސަތު ލިބުމާއެކު، އިންވެންޓްރީ ބެލެހެއްޓުމަށް ފަސޭހަވެގެން ދިއުމެވެ.

މި ދެ އުސޫލުގެ ތަފާތު ރަނގަޅަށް ދެނެގަތުމުން، ވިޔަފާރިތަކަށް އެންމެ އެކަށީގެންވާ ގޮތް ޚިޔާރުކޮށް، މުދާ އުފުލުމުގެ ޚަރަދު އެންމެ އެކަށޭނަ މިންވަރަކަށް ބެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.

photo 2025 06 16 16.31.01

އެފްސީއެލް އަދި އެލްސީއެލް އަޅާކިޔާއިރު:

 1. ޖާގައިގެ ބޭނުންހިފުން:

 • އެފްސީއެލް: މުޅި ކޮންޓެއިނަރު އެއް ފަރާތަކަށް ޚާއްޞަވެފައި

 • އެލްސީއެލް: ކޮންޓެއިނަރުގެ ޖާގަ އެކި ފަރާތްތަކުގެ މެދުގައި ބެހިފައި

 2. އަގު:

 • އެފްސީއެލް: ބޮޑެތި އަދަދުތަކުން މުދާ އުފުލާނަމަ އަގު ހެޔޮވުން

 • އެލްސީއެލް: ކުދި އަދަދުތަކުން މުދާ އުފުލާނަމަ އަގު ހެޔޮވުން

 3. ރައްކާތެރިކަން:

 • އެފްސީއެލް: މުދަލަށް ގެއްލުން ލިބުމާއި ވަގަށް ނެގުމުގެ ފުރުސަތު ކުޑަވުން

 • އެލްސީއެލް: އެހެން ފަރާތްތަކުގެ މުދަލާއެކު އުފުލޭތީ ރައްކާތެރިކަން ކުޑަވުން

 4. ފޮނުވުމުގެ މުއްދަތު:

 • އެފްސީއެލް: ކޮންޓެއިނަރު ފުރުމަށް މަޑުކުރަން ޖެހިދާނެ

 • އެލްސީއެލް: އާންމުކޮށް އަވަސް، ކޮންޓެއިނަރު ފުރުމަށް މަޑުކުރާކަށް ނުޖެހޭ

 5. އިދާރީ މަސައްކަތް:

 • އެފްސީއެލް: ނިސްބަތުން ފަސޭހަ، އެއް ޝިޕްމަންޓެއްގެ ގޮތުގައި ބެލެވޭތީ

 • އެލްސީއެލް: އިތުރު އިދާރީ މަސައްކަތް ހިމެނިދާނެ، ގިނަ ފަރާތްތަކެއްގެ މުދާ އެއްކޮށްލަން ޖެހޭތީ

photo 2025 06 16 16.31.05

އިޚްތިޔާރު ކުރަންވީ އެ މުދަލަކަށް އެންމެ އެކަށޭނަގޮތް!

އެފްސީއެލް އަދި އެލްސީއެލް އަކީ ބައިނަލްއަޤްވާމީ ޝިޕިންގ ދާއިރާގައި ވަރަށް މުހިންމު ދެ އުސޫލަށްވާއިރު ކޮންމެ ވިޔަފާރިއަކުންވެސް އެ ވިޔަފާރިއެއްގެ ބޭނުންތަކާއި، މުދަލުގެ ބާވަތާއި، އަދަދު އަދި ބަޖެޓަށް ރިޢާޔަތްކޮށް، މި ދެ އުސޫލުގެ ތެރެއިން އެންމެ އެކަށޭނަ އުސޫލެއް ޚިޔާރުކުރަންވާނެއެވެ. މިގޮތުން ރަނގަޅު ނިންމުމެއް ނިންމުމަކީ ޚަރަދު ކުޑަކުރުމަށާއި، މުދާ ރައްކާތެރިކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ދެ އުސޫލުގެ ތަފާތު ދެނެގަތުމަކީ މުދާ ގެންނަ ވިޔަފާރިތަކުން ބަޖެޓް ހެދުމަށް ފަސޭހަކޮށްދޭ ކަމެކެވެ. އިޚްތިޔާރު ކުރާނެ ގޮތެއް ނޭނގޭނަމަ، ލިޓަސް މޯލްޑިވްސް ފަދަ ފްރެއިޓް ފޯވާޑަރސްއާ މަޝްވަރާކުރުމަކީ ބުއްދިވެރި ކަމެކެވެ.