
ރީތި ހުދުވެލި ގޮނޑުދޮއްތަކާއި ނޫވިލުކަނޑުތަކަށް މުޅި ދުނިޔޭގައި މަޝްހޫރުވެފައިވާ މި ޖަޒީރާ ރައްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ލޮޖިސްޓިކްސް އަދި ރާއްޖެތެރޭގެ ސަޕްލައި ޗޭން ދެމެހެއްޓުމެވެ. ގިނަ އަސާސީ މުދަލަކީ ހަލާކުވާ ޒާތުގެ މުދަލަށް ވެފައި ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން، ފިނިހޫނުމިން ވަކި ވަރަކަށް ބަހަށްޓަން ޖެހޭ މުދާ ރަށްތަކަށް ފޯރުކޮށްދިނުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ. ރީފަރ ކޮންޓެއިނަރގެ ބޭނުން ޖެހެނީ މިހިސާބުންނެވެ.
ރީފަރ ކޮންޓެއިނަރ، ނުވަތަ ފިނިކުރި ކޮންޓެއިނަރ އަކީ މޭވާ، ތަރުކާރީ، އެކި ކަހަލަ މަސް، ބޭސް، އަދި އެފަދަ ފިނިހޫނުމިން ވަކި ވަރަކަށް ބަހައްޓަން ޖެހޭ މުދާ އުފުލުމަށް ހާއްސަ ކޮށް ފަރުމާ ކޮށްފައިވާ ކޮންޓެއިނަރެވެ. މި ކޮންޓެއިނަރުތަކަކީ މުދާ ގެންދާ ހިސާބަށް ފޯރަންދެން ފިނިހޫނުމިން އެއްވަރަކަށް ހިފޭއްޓުމަށްޓަކައި ރެފްރިޖަރޭޝަން ޔުނިޓެއް ހިމެނޭހެން ހަދާފައިޥާ ކޮންޓެއިނަރުތަކެކެވެ.
ރާއްޖޭގައި ރީފަ ކޮންޓެއިނަރގެ ރޯލް ބޮޑު ސިނާއަތްތަކާއި ކަންކަމުގެ ތެރޭގައި:
– ފުޑް ސެކިއުރިޓީ: ރާއްޖޭގައި ބޭނުން ކުރާ ގިނަ ކާބޯތަކެއްޗަކީ އިމްޕޯޓް ކޮށްގެން ބޭނުން ކުރާ ތަކެއްޗެވެ. ރާއްޖެގެ ހޫނު މޫސުމުގެ ސަބަބުން ހަލާކުވާ ޒާތުގެ އެއްޗިސް ރަށްތަކަށް ފޯރުކޮށްދޭން އުދަގުލެވެ. ރަށްތަކާއި ހަމައަށް ކިރުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ، އަދި އެކި ކަހަލަ މަހުގެ ބާވަތްތަށް ގޯސްނުވަނީސް ފޯރުކޮށްދިނުމުގައި ރީފަރ ކޮންޓެއިނަރއަކީ ވަރަށް މުހިއްމު އެއްޗެކެވެ.
– ޓޫރިޒަމް އިންޑަސްޓްރީ: ޓޫރިޒަމްއަކީ ރާއްޖޭގެ އިގްތިސޯދުގެ މައިލޭނާރެވެ. ދުނިޔޭގެ އެކިހިސާބުތަކުން ތަފާތު ކާބޯތަކެތި ރާއްގެއަށް ޒިޔާރަތް ކުރާ ފަތުރުވިންނަށް ގެނެސްދީ، ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަތީ ފަންތީގައި ހިމެނޭ ބައެއްގެ ގޮތުގައި ހިފެހެއްޓުމަށް ރީފަރ ކޮންޓެއިނަރ ވަރަށް މުހިއްމެވެ.
– ބޭސް: ވެކްސީންފަދަ ފިނިހޫނުމިން ވަކި ވަރެއްގައި ބަހަށްޓަންޖެހޭ ބޭސްފަރުވާގެ ވަސީލަތްތަކާއި ބޭސް ގޮސްނުވެ، ބޭނުންކުރަން ރަނގަޅު ހާލަތެއްގައި ފޯރުކޮށްދިނުމުގައި ރީފަރ ކޮންޓެއިނަރގެ ރޯލް ވަރަށް ބެޑެވެ. މިއީ މުޅި ރާއްޖޭގެ އެންމެންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ވަރަށް މުހިއްމު ކަމެކެވެ.
– ހަލާކުވާޒާތުގެ މުދާ އެކްސްޕޯޓް ކުރުން: ރާއްޖެއަކީ ބައިވަރު މަހާއި އެހެނިހެން ކަނޑުގައި އުޅޭ ބާވަތްތަށް އެކްސްޕޯޓް ކުރާ ގައުމެކެވެ. މިތަކެތީގެ ކޮލިޓީއަށާއި ރަހައަށް ބަދަލެއްނައިސް ބައިނަލްއަގްވާމީ މާކެޓަށް ފޯރުކޮށްދެނީ ރީފަރ ކޮންޓެއިނަރ ބޭނުން ކޮށްގެންނެވެ.
ރާއްޖޭގައި ރީފަރ ކޮންޓެއިނަރގެ ބޭނުން ހިފުމުގެ ފައިދާތައް ވަރަށް ގިނައެވެ. މީގެ ތެރޭގައި:
– އެކްސްޓެންޑެޑް ޝެލްފް ލައިފް: ރީފަރ ކޮންޓެއިނަރ ބޭނުން ކުރުމުން ހަލާކުވެ، ކުނި ވާ ޒާތުގެ މުދާ ގިނަ ދުވަހަށް ހަލާކުނެވެ ބެހެއްޓޭނެއެވެ.
ކޮލިޓީ ހިފެހެއްޓުން: އެއްވަރެއްގައި ފިނިހޫނުމިން ހިފަހައްޓުމުން ކާބޯތަކެތީގެ ރަހައާއި ކޮލިޓީއަށް ބަދަލު ނައިސް ހުރެއެވެ.
ގިނަ މީހުންނަށް މުދާ ފޯރުކޮށްދިނުން: ރީފަރ ކޮންޓެއިނަރ ބޭނުން ކޮށްގެން ތަފާތު އެކި ބާވަތުގެ މުދާ އެތެރެކުރުމަށް މަގުފަހިވެ، އަސާސީ އެތަކެއް މުދަލެއް ގިނަ މީހުންނާ ހިސާބަށް ފޯރުކޮށްދެވެއެވެ.
މިހުރިހާ ފައިދާތަކެއް ހުރި ނަމަވެސް، ހަމަ ގެއްލުންވެސް ހުރެއެވެ. އޭގެތެރޭގައި:
– ކަރަންޓު ހަރަދު: ރީފަރ ކޮންޓެއިނަރއެއް ގިނަވަގުތަށް ޖައްސާފައި ބެހެއްޓުމަށް ވަރަށް ކަރަންޓު ހަރަދުބޮޑެވެ. މީގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބުމުގެ އިތުރުން މުދާ އުފުލާ ފަރާތްތަކުގެ އޮޕަރޭޓިން ކޯސްޓް ބޮޑުވެއެވެ.
– މެއިންޓެނެންސް: ރާއްޖޭގައި ސްޕެއާރ ޕާޓްސްއާއި ޓެކްނިޝަނުން މަދުވީމަ ރީފަރ ކޮންޓެއިނަރ މަރާމާތުކުރުމަކީ އުނދަގޫ ކަމެކެވެ.
މިކަންކަން މިހިން ހުރި ކަމުގައިވިޔަސް، ރީފަރ ކޮންޓެއިނަރއަކީ ރާއްޖޭގެ ސަޕްލައި ޗެއިންގެ އަސާސީ ބައެކެވެ. މިގައުމު ކުރިއަރާ ތަރައްގީވަމުންދާވަރަކަށް ރީފަރ ކޮންޓެއިނަރގެ ބޭނުން އިތުރަށް ޖެހޭނެކަމަށް ލަފާކުރެވެއެވެ. އިޔާދަކުރަނިވި ހަކަތައިގެ ބާވަތްތަށް ކުރިއަރުވާ، މިކަންކަމުގެ މާހިރުން އިތުރުކުރުމަކީ ރީފަރ ކޮންޓެއިނަރ ހެޔޮގޮތުގައި ބޭނުން ކުރުމަށް ކުރެވޮދާނެ ކަންކަމެވެ.

