Skip to content Skip to footer

ލޮޖިސްޓިކްސްގެ ކުރިމަގު

497414 boat tanker ship sea ocean ezgif com jpg to webp converter

އިންޓާނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންއިން 2050 ވަނަ އަހަރަށް މިއެމިޝަންތައް %50 މަދުކުރުމަށް ލަނޑުދަނޑި ކަނޑައަޅާފައިވިކަމުގައިވިޔަސް މިކަން އަދި ފެންނަނީ ވަރަށް ދުރުގައިވާ ކަމެއް ގޮތުގައެވެ. ތެލާއި ޕެޓްރޯލްގެ ބޭނުން ކުރުމުން ތިމާވެއްޓަށް ދިމާވާ ނޭދެވޭ އަސަރުން ހިމާޔަތް ކުރަން ޖެހެއެވެ.

އެހެންކަމުން މިހާރު މި ސިނާއަތުގެ ތެރޭގައި ބޭނުންކުރާ ގަވާއިދުތައް ބަލާ، އެކަންކަން އިސްލާހު ކުރަން ޖެހެއެވެ.

އާންމުގޮތެއްގައި ގިނަ ކުންފުނިތަކުން ސަޕްލައި ޗޭން އޮޕަރޭޝަންތަކުގައި ޕްރޮޑަކްޝަން އިން ފެށިގެން ޑިސްޓްރިބިއުޝަން އާއި ހަމައަށް، އަދި ޑިސްޕޯސަލް އާއި ހަމައަށް ގެންގުޅެނީ ވަރަށް ލައިނަރ ޕްލޭންތަކެކެވެ. އެކަމަކު ސަމާލުކަން މިހާރު ބަދަލުވެފައިވަނީ ސަޕްލައި ޗޭންގައި ސަރކިއުލަރ ފްލޯއާއި އެއްގޮތަށް ކުރިއަށް ގެންދިޔުމެވެ. މިފްލޯގެ ތެރޭގައި ‘ރިޑިއުސް، ރިޕެއާރ، ރީސެލް، ރިފާރބިޝް، އަދި ރިސައިކަލް ހިމެނެއެވެ. އެހެންގޮތަކަށް ބުނާނަމަ، ޕްރޮޑަކްޓްތައް އެއްފަހަރު ބޭނުން ކޮށްފައި ނައްތާލުމުގެ ބަދަލުގައި އަލުން ސަޕްލައި ޗެއިން ތެރެއަށް ވައްދާ ބޭނުން ކުރުމެވެ.

މިފަހުން ބޭއްވި މިއަހަރު ލަންޑަންގައި ބޭއްވި ‘ގްލޯބަލް މެރިޓައިމް ފޯރަމް’ގެ ‘އެނުއަލް ސަމިޓް’ގައި ދެކެވިގެން ދިޔަ ވާހަކައިން ދައްކާގޮތުގައި، މިހާރު މި ސިނާއަތުގައި މަސައްކަތް ކުރަމުންދާ އެންމެންހެންވެސް މިކަމަށް ހައްލު ހޯދުމަށް ތައްޔާރެވެ.

ނަމަވެސް އޭގެ ފުރިހަމަ ޤާބިލުކަން ފުއްދުމަށްޓަކައި، އެއްގޮތް އަނެއްގޮތާއި ނުލައި ނުކުރެވޭނެއެވެ. ސާރކިއުލާ އިގްތިސާދުގައި ރިވަރސް ލޮޖިސްޓިކްސް އެޑޮޕްޓް ކުރުމުގެ ފުރުސަތު ފުރިހަމަ ކުރަން ޖެހެއެވެ. މާނައަކީ، ލޮޖިސްޓިކްސް-ވިޔަފާރިތަކަށް އަނބުރާ ލިބޭ މުދާ އޭގެ އަގު ގެއްލިގެން ނުދާ ގޮތަށ އަނެއްކާވެސް މާކެޓަށް ޕްރޮސެސް ކުރުމަށް ކުރިއާލާ ވިސަނަން ޖެހޭނެއެވެ. އެލައިޑް މާކެޓް ރިސާޗުން ބުނާ ގޮތުގައި ޕްރޮޖެކްޓް ރިވަރސް ލޮޖިސްޓިކްސް މާކެޓްގެ އަގު 2028 ވަނަ އަހަރުގެ ނިޔަލަށް 958.3 ބިލިއަން އަށް އަރާނެއެވެ. މީގެ މަގްސަދަކީ އަގު ހިފެހެއްޓުމެވެ. 

މި މައްސަލަ ހައްލުކުރުމަށް އޮތް ވަސީލަތްތެރި އެއް ގޮތަކީ ރޫޓް ޕްލޭނިން ހެދުމެވެ. ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ދަތުރުފަތުރު ރަނގަޅުކޮށް ލޮޖިސްޓިކަލް އޮޕަރޭޝަންތައް މާ ރަނގަޅު ކުރުމަށް އެހީތެރިކަމުގެ ނިޒާމުތަކާއި ޑިޖިޓަލް ޓޫލްސް ބޭނުންކޮށްގެން ޕްރީ ޕްލޭނިން އަށް މަގުފަހިކޮށްދެ އެވެ.

މިކަން ފްލީޓް މެނޭޖްމަންޓަށް އިންޓަގްރޭޓްކޮށްގެން ރިއަލް ޓައިމް މޮނިޓަރިންގ ހޯދުމާއި ޑޭޓާ ތަޙުލީލުކުރުމުން، ޕްލޭނިންގްގައި ރަނގަޅު ނިންމުންތައް ގާއިމުކުރެވިދާނެ؛ އޭގެ ސަބަބުން ދެމެހެއްޓެނިވި ނަތީޖާތައް އިތުރުކުރެވޭނެއެވެ.

ޖަރުމަނުގެ ހެނޯވާގެ އަވަށުގައި ޓައިރު އުފައްދާ ކުންފުނި ކޮންޓިނެންޓަލް ފަދަ ބައެއް ކުންފުނިތަކުން ވަނީ ފޮސިލް ފިއުލް ބޭނުންކުރުމުގެ ބަދަލުގައި ރޭޕްސީޑް ތެލާއި ސެލިއުލޯޒް ފައިބަރާއި ގަސްގަހާގެހިން އުފައްދާ އެހެން ތެޔޮ ފަދަ ތަކެތި ބޭނުންކުރުމުގެ މަސައްކަތް ފަށާފައެވެ.

ފަހަރެއްގައި ކާރު އުފައްދާ ފަދަ އެހެން ސިނާއަތްތަކުން މިފަތަ ކުންފުނިތަކުގެ މަސައްކަތްތަކުން ފިލާވަޅުނަގާ، އެއް ހަކަތަ އުފައްދާ ވަސީލަތަކުން އަނެއް ހަކަތައަށް ބަދަލުވުންތައް ތަޢާރަފްކޮށް، ހަކަތައިގެ ބޭނުން އެންމެ ފުރިހަމައަށް ހޯދިދާނެކަން ޔަޤީނެވެ.