މެރިން ސަރވޭތަކަށް ވެސެލް ފެބްރިކޭޝަން އަދި ކަސްޓަމައިޒޭޝަންގެ ޚިދުމަތް ލިޓަސް މޯލްޑިވްސްއިން ވަނީ ފަށާފައެވެ. މިކަހަލަ ސަރވޭތަކަކީ ބޮޑެތި ގޮންޖެހުން ތަކަކާއި އެކީ ކުރެވޭ ކަންކަމެވެ. ސަރވޭތަކުގައި ބޭނުން ކުރާ އޮޑިދޯނި ފަހަރުގައި މަސައްކަތުގައި ބޭނުން ކުރާ އިކުއިޕްމަންޓް އަދި ގިނަ ވަގުތު އޭގައި މަސައްކަތް ކުރެވޭހެން މީހުންނަށްވެސް އުޅެވޭނެ ގޮތަށް ހެދިފައި ހުންނަން ޖެހެއެވެ. މި ޚިދުމަމަތަކީ އެފަދަ ސަރވޭތަކުގައި ފުރާ ޓީމްތަކަށް ރައްކާތެރިކަމާއި އެކު އުނދަގޫނުވާހެން ގިނަ ދުވަހު އޮޑިދޯނި ފަހަރުގައި މަސައްކަތްކުރުމުގެ މަގު ފަހި ކޮށްދިނުމުގެ ގޮތުން ފެށިފައިވާ ޚިދުމަތެކެވެ

މިޚިދުމަތުގެ ދަށުން ޖިއޯޓެކްނިކަލް، ޖިއޯފިޒިކަލް ސަރވޭ، އެންވައިރަމެންޓަލް އަދި އޯޝަނޯގަރެފިކް މަސައްކަތް، ކޯސްޓަލް، ރީފް، އަދި ލެގޫން ސަރވޭތަކަށް ބޭނުން ކުރެވޭހެން ކަސްޓަމައިޒް ކޮށްދެމެވެ. ބޮޑަށް ފޯކަސް ކުރެވިގެން ދަނީ ސަރވޭ ކުރުމަށް ޑެކް ސްޕޭސް ތައްޔާރުކޮށް، ބޭނުން ކުރާ އެކުއިޕްމަންޓްއަށް ހަރުކުރެވޭހެން ފްރޭމް މައުންޓް ކުރުން ފަދަ ކަންކަމާއި، ޕަވަރ ސަޕްލައި ރަނގަޅުކޮށް ކޭބަލް ރައުޓިން ރަނގަޅު ކުރުމާއި، އެމަޝްރޫއަކަށް ބޭނުންވާ ކޮންޓްރޯލް ރޫމްއާއި ސަރވޭ ކެބިން ހެދުމަށެވެ.
ދާދި ފަހުން ލިޓަސް މޯލްޑިވްސް އިން ރާއްޖޭގެ ކަނޑުގައި ކުރިއަށް ގެންދިޔަ މެރިން ސާވޭ ޕްރޮޖެކްޓަކަށްވަނީ ސަރވޭ ރެޑީ ކޮޅުވެއްޓިއެއް ކޮންފިގްރޭޓްކޮށް، ތައްޔާރު ކޮށްދީފައެވެ. މި އުޅަނދުގައި ސާވޭ ކުރުމަށް ހާއްސަ އެކުއިޕްމަންޓް ގެންގުޅުމަށާއި، އޮފްޝޯރ އޮޕަރޭޝަންތަކަށް އިތުބާރާއި އެކު ކަރަންޓް ފޯރުކޮށްދިނުމަށް އެޑެޕްޓްކޮށްފައެވެ. މީގެ އިތުރުން ސަރވޭ ޓީމްތައް ގިނަވަގުތު ކަނޑުމަތީ އުޅެންޖެހުމުން، އެނދާއި ފާހާނާ ހިމެނޭހެން ކޮންޓެއިނަރއެއްވެސް ވަނީ ކަސްޓަމައިޒް ކުރެވިފައެވެ.

ފަރުތަކާއި ގޮނޑުދޮށުގެ ސަރވޭ ކުރުމަށް ފަރުމާ ކުރެވުނު މި ކޮޅު ވެއްޓިއަކީ އެކުއިޕްމަންޓް އަދި މީހުން އަރުވާ ބޭލުމަށް ފަސޭހަވެފަ، ސަރވޭ އޮޕަރޭޝަންއަށް އުނދަގޫ ނުވާހެން ކަސްޓަމައިޒް ކުރެވިފައިވާ އުޅަނދެކެވެ. މި މަޝްރޫއުންވެސް ފާހަގަވެގެން ދަނީ ކުރިއާލާ ވިސްނާ، ބޭނުންކުރާ އުޅަނދު ރަނގަޅަށް ބޭނުންތަކަށް ފެތޭހެން ކަސްޓަމައިޒް ކުރުމުން ސަރވޭ މަސައްކަތް ފަސޭހަކޮށް އަދި ރައްކާތެރިކޮށް ކުރެވޭނެ ކަމެވެ.
ވެސެލް ފެބްރިކޭޝަންއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ލިޓަސް މޯލްޑިވްސްއަށް ކޮންޓެކްޓް ކޮށްލާ!
