ލިޓަސް މޯލްޑިވްސްއަކީ ރާއްޖޭގެ މާކެޓުގައި އިތުބާރާއި ޔަގީންކަމާއެކު ވިޔަފާރިކުރަމުންދާ ކުންފުންޏެކެވެ. އަޅުގަނޑުމެންގެ މަގުސަދަކީ ކަސްޓަމަރުންނަށް ބޭނުންވާ ލޮޖިސްޓިކްސްގެ އެންމެހާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން، ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. މިއަދު ވިޔަފާރިތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުދާ އެތެރެކުރުމާއި، ކްލިއަރެންސް އަދި ރަށްރަށަށް މުދާ ފޮނުވުމުގައި ދިމާވާ ދަތިތަކެވެ. ލިޓަސް މޯލްޑިވްސްގެ ލޮޖިސްޓިކްސް ޓީމުން މިވަނީ މި ހުރިހާ ކަމަކަށް ފުރިހަމަ ހައްލެއް ގެނެސްދީފައެވެ.
ފޯރުކޮށްދޭ ޚިދުމަތްތައް
:ސީ އަދި އެއަރ ފްރެއިޓް
ދުނިޔޭގެ ކޮންމެ ގައުމަކުން މުދާ ގެންނަން ބޭނުންވިޔަސް، ކަނޑުމަގުންނާއި ވައިގެ މަގުން މުދާ އުފުލުމުގެ ފުރިހަމަ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދެމެވެ. މީގެ ތެރޭގައި އެލް.ސީ.އެލް އަދި އެފް.ސީ.އެލް ޝިޕްމަންޓްތައް ހިމެނެއެވެ
ކާގޯ ކްލިއަރެންސް
މުދާ ބަނދަރަށް ނުވަތަ އެއަރޕޯޓަށް އައުމުން، ކަސްޓަމްސްގެ އެންމެހާ މަރުހަލާތައް ނިންމައި، ލިޔެކިޔުންތައް ފުރިހަމަކުރުމަކީ ބުރަ މަސައްކަތެކެވެ. އަޅުގަނޑުމެންގެ ތަޖުރިބާކާރު ޓީމުން މި މަސައްކަތްތައް ވަރަށް އަވަސްކޮށް، އެއްވެސް އުނދަގުލަކާ ނުލައި ފުރިހަމަކޮށްދޭނެއެވެ

ޑެލިވަރީ ރަށަށް
މާލެއަށް މުދާ ބޭލުމަށްފަހު، ރާއްޖޭގެ ކޮންމެ ރަށަކަށް ފޮނުވަން ބޭނުންވިޔަސް އެ ޚިދުމަތް އަޅުގަނޑުމެން ފޯރުކޮށްދެމެވެ. ދޯނިފަހަރަށާއި ބޯޓުފަހަރަށް މުދާ އެރުވުމާއި، މަންޒިލާ ހަމައަށް ރައްކާތެރިކަމާއެކު މުދާ ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޚާއްޞަ ޚިދުމަތެކެވެ.

ލިޓަސް މޯލްޑިވްސް އިޚްތިޔާރު ކުރަންވީ ސަބަބު
އަވަސް ޚިދުމަތް: މުދާ ލިބުމުގައި ލަސްވުމަކީ ވިޔަފާރިއަށް ލިބޭނެ ގެއްލުމެއްކަން އަޅުގަނޑުމެން ގަބޫލުކުރަމެވެ. އެހެންކަމުން، އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ޚިދުމަތް ދިނުމަށް އަޅުގަނޑުމެން އިސްކަންދެމެވެ.
ރައްކާތެރިކަން: ތިޔަބޭފުޅުންގެ މުދަލަކީ އަޅުގަނޑުމެންގެ އަމާނާތެކެވެ. މުދާ އުފުލުމުގެ ކޮންމެ މަރުހަލާއެއްގައިވެސް މުދަލަށް ގެއްލުމެއް ނުވާނެހެން ފުރިހަމަ ސަމާލުކަން ދޭނެއެވެ
ހެޔޮ އަގު: މާކެޓުގައި ލިބެންހުރި އެންމެ އެކަށީގެންވާ އަގުތަކުގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެވެ

: ގުޅޭނެ ގޮތް
ލޮޖިސްޓިކްސްގެ އެންމެހާ ކަންކަމުގައި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ ޚިދުމަތަށް އެދިލެއްވުމަށް ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ
📞 ފޯން: 7797172
