ތާޒާކަންމަތީ ރިސޯޓުތަކަށް މުދާ ފޯރުކޮށްދިނުމާއި އުޅަނދުފަހަރު ކުއްޔަށް ދިނުން
ރިސޯޓުތަކަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދިނުމުގައި ތާޒާކަމާއި ރައްކާތެރިކަމަކީ އެންމެ މުހިންމު އިސްކަމެއް ދޭންޖެހޭ ކަންކަމެވެ. މިގޮތުން ލިޓަސް މޯލްޑިވްސްއިން މިވަނީ ރިސޯޓު ސަޕްލައި ދާއިރާއަށް ޚާއްޞަ، އިތުބާރު ހުރި ލޮޖިސްޓިކްސް ހައްލުތަކެއް ތަޢާރަފުކޮށްފައެވެ

ތާޒާކަންމަތީ ރިސޯޓަށް މުދާ ފޮނުވުން
ރިސޯޓުތަކުގެ ބަދިގެތަކަށް ބޭނުންވާ އެންމެހާ ތަރުކާރީ، މޭވާ، މަސް އަދި ފިނިކުރި ބާވަތްތައް އޭގެ އަސްލު ތާޒާކަން ނުގެއްލޭނެހެން ފޯރުކޮށްދިނުމުގެ ފުރިހަމަ ގާބިލުކަން އަޅުގަނޑުމެންގެ ކިބައިގައި އެބަހުއްޓެވެ. މުދާ ބެލެހެއްޓުމާއި އުފުލުމުގައި ސިއްހީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރެވޭނެއެވެ
ސަޕްލައި ދޯނި އަދި ރީފާ ކޮންޓެއިނަރު ކުއްޔަށް ދިނުން
ރިސޯޓުތަކަށް މުދާ އުފުލުމަށް ޚާއްޞަ ސަޕްލައި ދޯނިފަހަރު އަޅުގަނޑުމެން ކުއްޔަށް ދޫކުރަމެވެ. މީގެ އިތުރުން، ފިނިކުރަންޖެހޭ މުދާ ރައްކާތެރިކަމާއެކު ގިނަދުވަހު ބެހެއްޓުމަށާއި އުފުލުމަށް ބޭނުންވާ “ރީފާ ކޮންޓެއިނަރު” ކުއްޔަށް ދިނުމުގެ ޚިދުމަތްވެސް އަޅުގަނޑުމެން ފޯރުކޮށްދެމެވެ.

އަޅުގަނޑުމެންގެ ޚިދުމަތުގެ ޚާއްޞަ ސިފަތައް
ވަގުތަށް ސަމާލުކަން ދިނުން: ރިސޯޓުތަކުގެ އޮޕަރޭޝަނަށް ބުރޫނާރާނެހެން، ކަނޑައެޅިފައިވާ ގަޑިއަށް މުދާ ފޯރުކޮށްދިނުން.
ފިނިހޫނުމިން ކޮންޓްރޯލްކުރުން: މުދާ ހަލާކުވިޔަނުދީ، އެކަށީގެންވާ ފިނިހޫނުމިނެއްގައި މުދާ އުފުލުމުގެ ވަސީލަތްތައް ހުރުން.
އިތުބާރު: ދިގު މުއްދަތަކަށް ރިސޯޓުތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
!ރިސޯޓު ސަޕްލައިގެ އެންމެހާ ކަންކަމުގައި އެންމެ ފުރިހަމަ ޚިދުމަތް ހޯއްދެވުމަށް އަވަހަށް ގުޅުއްވާ.
