ދިވެހިރާއްޖެއަކީ ކުދި ޖަރީރާ ރަށްތަކެއް އެކުލެވިގެންވާ ޤައުމަކަށްވުމާއެކު މިއީ ކަނޑުން ދަތުރުފަތުރުކުރުމަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމެކެވެ. މިގޮތުން އެއްރަށުން އަނެއް ރަށަށް މުދާ އުފުލުމަކީ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚިދުމަތެކެވެ. މިފަދަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ބޭނުންވަނީ ހަމައެކަނި އުޅަނދެއް ނޫނެވެ. އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ވައްޓަފާޅިއަށް އަހުލުވެރި، ތަޖުރިބާކާރު ޓީމެއްގެ އެހީތެރިކަން ވަރަށް މުހިންމެވެ.
މި ގޮތުން ލިޓަސް މޯލްޑިވްސްއަކީ މި ދާއިރާގައި ފާހަގަ ކޮށްލެވޭ ފުރިހަމަ އަދި އިތުބާރުހުރި ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ.
ފުރިހަމަ އުޅަނދު ފްލީޓެއް
ލިޓަސް މޯލްޑިވްސްގެ ފްލީޓްގައި ހިމެނޭ 9 ސަޕްލައި ދޯންޏާއި ލޭންޑިންގ ކްރާފްޓަކީ ރާއްޖޭގެ ކަނޑުގެ މާޙައުލަށް އެންމެ އެކަށޭނަ، ޒަމާނީ ވަސީލަތްތަކާއެކު ތައްޔާރުކުރެވިފައިވާ އުޅަނދުތަކެކެވެ. 50 ޓަނުން ފެށިގެން 200 ޓަނާ ހަމައަށް މުދާ އުފުލުމުގެ ޤާބިލުކަން ލިބިފައިވާ މި އުޅަނދުތަކުގައި ޒަމާނީ ނެވިގޭޝަން ސިސްޓަމްތަކާއި، ސަލާމަތީ ވަސީލަތްތައް ވަނީ ހަރުކުރެވިފައެވެ.
މީގެ އިތުރުން، 20 ފޫޓުގެ ރީފަރ އަދި ޗިލަރ ކޮންޓެއިނަރުތަކާއި، 55 ކިލޯވޮޓްގެ ޖަނަރޭޓަރުތައް ކުއްޔަށް ލިބެން ހުރެއެވެ.
ބޭނުންވާނަމަ ދުވަހު ކުލި އަދި މަހު ކުލީގެ އޮޕްޝަންތައްވެސް ހިޔާރުކުރެވިދާނެއެވެ.

ޓްރާންސްޝިޕްމަންޓް ޚިދުމަތް
ލިޓަސް މޯލްޑިވަސްއިން އުތުރާއި ދެކުނުގެ އެކި ހިސާބުތަކަށް މުދާ ފޮނުވުމަށް ޓްރާންސްޝިޕްމަންޓް ޚިދުމަތް ފޯރުކޮށްދެވެއެވެ. މިގޮތުން އައްޑޫ އަދި ކުޅުދުއްފުށްޓަށް މުދާ ފޮނުވައިދިނުމުގެ ޚިދުމަތް ވެސް ލިބެއެވެ. މި ގޮތުން ލިޓަސް މޯލްޑިވްސްއަކީ ހަމައެކަނި އުޅަނދުފަހަރު ކުއްޔަށްދޭ ފަރާތެއް ނޫނެވެ. އަޅުގަނޑުމެންނަކީ ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކާއި، އަތޮޅުތަކާއި ފަޅުތަކުގެ ފުރިހަމަ މަޢުލޫމާތު އެނގިފައިވާ، ތަޖުރިބާކާރު ފަޅުވެރިންނާއެކު މަސައްކަތްކުރާ ތިބޭފުޅުންގެ ޕްރޮފެޝަނަލް ލޮޖިސްޓިކްސް ޕާޓްނަރެކެވެ.
ބޭނުންވާ މުޙިއްމު މަޢުލޫމާތު؛
– ދަތުރުގެ މަގު
– މުދަލުގެ ބާވަތާއި ބަރުދަން
– މުދާ ގެންދަން ބޭނުންވާ ތާރީޚް
މީގެ އިތުރުން؛
ދޯނިތައް ކުއްޔަށް ހިފޭނެ ގޮތްތައް:
– ދުވަހު ކުއްޔަށް
– މަހު ކުއްޔަށް
– ދިގު މުއްދަތަށް ކުއްޔަށް
– ވަކި ދަތުރުތަކަށް ކުއްޔަށް

އިތުރު ޚިދުމަތްތައް
ދޯނިތަކާއެކު ލިބޭ އިތުރު ޚިދުމަތްތައް:
– ތަޖުރިބާކާރު ފަޅުވެރިން
– މުދާ އަރުވައި ބޭލުމުގެ ޚިދުމަތް
– 24 ގަޑިއިރުގެ ޓެކްނިކަލް ސަޕޯޓް
– ދަތުރު ޕްލޭނިންގ އަދި ލޮޖިސްޓިކްސް ސަޕޯޓް

ސަލާމަތީ ފިޔަވަޅުތައް
– ކޮންމެ ދޯންޏެއްގައިވެސް ހުންނަ ސަލާމަތީ ވަސީލަތްތައް:
– ލައިފް ޖެކެޓްތައް
– ލައިފް ރާފްޓްތައް
– އަލިފާން ނިއްވާ ނިޒާމް
– ޒަމާނީ ނެވިގޭޝަން އާލާތްތައް
– އިމަޖެންސީ ސިގްނަލިންގ ޑިވައިސްތައް
ލިޓަސް މޯލްޑިވްސްގެ ސަޕްލައި ދޯނިތަކަކީ ރާއްޖޭގެ މުދާ އުފުލުމުގެ ދާއިރާގައި އެންމެ ޒަމާނީ އަދި ރައްކާތެރި ޚިދުމަތް ފޯރުކޮށްދޭ އުޅަނދުތަކޭ ބުނެވިދާނެއެވެ. މިގޮތުން އަޅުގަނޑުމެންނަކީ ތަޖުރިބާކާރު ފަޅުވެރިންނާއި، ރަނގަޅު މެއިންޓެނަންސް އާއެކު، ކަސްޓަމަރުންގެ މުދާ ރައްކާތެރިކަމާއެކު އުފުލުމަށް އަބަދުވެސް ތައްޔާރަށް ތިބޭ ބައެކެވެ.

އަޅުޑަނޑުމެންގެ އެންމެ އިސް އަމާޒަކީ ކަސްޓަމަރުންގެ މުދާ ރައްކާތެރިކަމާއެކު، އަވަހަށް، އަދި އަގުހެޔޮކޮށް ގެންގޮސްދިނުމެވެ. އިތުރު މަޢުލޫމާތު ނުވަތަ ޚިދުމަތް ހޯއްދެވުމަށް މިއަދުން މިއަދަށް ލިޓަސް މޯލްޑިވްސްއާ ގުޅުއްވާށެވެ. އަޅުގަނޑުމެންގެ ފަންނީ ޓީމުން ތިޔަ ބޭފުޅުންނަށް އެންމެ އެކަށޭނަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބޭނެއެވެ.
