
ފޮޓޯ: އެމް.ޕީ.އެލް
އެމްޕީއެލްއިން ސީ-ޓު-އެއާ ޓްރާންސްޝިޕްމެންޓް ހިދުމަތް ދިނުމުގެ ގޮތުން ގަތަރު އެއާވޭސްގެ ޖެނެރަލް ސާވިސް އެޖެންޓް، އޭސް ޓްރެވަލްސްއާއެކު، އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ
މި އެއްބަސްވުމުގައި ސޮއި ކުރެވިގެންދިޔައީ އިއްޔެ އެމްޕީއެލް އޮފީހުގައެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް އަދި އޭސް ޓްރެވަލްސްގެ ފަރާތުން ސޮއިކުރައްވާފއިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގެވެ
ރާއްޖޭގައި ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ކާގޯގެ ހިދުމަތް އަމަލީގޮތުން ފަށާފައިވަނީ މިދިޔަ މޭމަހުއެވެ. އެގޮތުން އެމްޕީއެލްއިން ބުނަނީ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓް ކާގޯގެ ހިދުމަތް މެދުވެރިކޮށް ބަންގްލަދޭޝްއިން ކަނޑުމަގުން ރާއްޖެ 41 ޓީއީޔޫގެ ގާމެންޓް ގެނެސްފައިވާކަމަށާއި އެތަކެތި ރާއްޖެއިން ދުނިޔޭގެ އެކި އެކިގައުމުތަކަށް އެކްސްޕޯޓްކޮށްފައިވާ ކަމަށެވެ
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިސާދީ ހަރަކާތްތައް ފުޅާކޮށް، އާމްދަނީ އިތުރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭ ކަމެއްކަމަށެވެ. އަދި ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ހިދުމަތާއެކު އެއްމަސް ދުވަސްތެރޭ އެމްޕީއެލަށް 20،000 ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަން ވަޖީހް ފާހަގަކުރެއްވިއެވެ
ރާއްޖެއިން ސީ-ޓު-އެއާގެ ޓްރާންސްޝިޕްމަންޓް ކާގޯގެ ހިދުމަތް ފެށީ ޓާކިޝް އެއަލައިންސާ އެކު މިދިޔަ މެއި މަހުގެ ތެރޭގައެވެ. މި އެއްބަސްވުމާ ގުޅިގެން ކުރިއަށް އޮތްތާނގައި މި ހިދުމަތް ކުރިއަށްދާނީ ގަތަރު އެއާވޭސްއާ ގުޅިގެންނެވެ

