Skip to content Skip to footer

ޖަޕާންގެ ދެކުނަށް “ޝަންޝަން” ތޫފާން އަރާ ހުއްޓުމަކަށް ގެނެސްފި

2024 08 29t034553z 1165657252 rc2fp9a94hzv rtrmadp 3 asia weather japan 2

ފޮޓޯ: ޖަޕާން މީޓިއަރަލޮޖިކަލް އޭޖެންސީ

ޖަޕާންގެ ދެކުނުގައި އޮންނަ އެންމެ ބޮޑު ރަށްކަމަށްވާ ކިޔޫޝޫއަށް ހެނދުނުގެ ވަގުތެއްގައިވަނީ ތޫފާނެއް އައިސްފައެވެ

މިދިޔަ އަންގާރަ ދުވަހު ޖަޕާންގެ ޗީފް ކެބިނެޓް ސެކަޓްރީ ވަނީ ޝަންޝަން ތޫފާނު ބުރާސްފަތި ދުވަހު ‘ކިޔޫޝޫ’އަށް ވަރަށް ބާރުގަދަކޮށް އަރާނެކަމަށް ބުނެފައެވެ. އޭނާ ބުނެފައިވަނީ މިތޫފާނުގައި ގަޑިއިރަކު 250 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހި، ކުރިން ފެނިފައި ނުވާހާ ބޮޑު ރާޅު .ޖަހާނެކަމަށެވެ

ބިންގަނޑު ކަނޑައިގެން ދިޔުމާއި ފެންބޮޑުވުން އަދި ވާރެއާއި ހެދި ޖަޕާންގެ ދެކުނުގެ ވަރަށް ބޮޑުބައި ދުވަސްގަނޑެއް ވަންދެން ބަންދުވެ، ހުއްޓުމަކަށް އަންނާނެކަމަށް ޙަބަރުތަކުން ބުނެފާވެއެވެ

2024 08 29t034553z 1165657252 rc2fp9a94hzv rtrmadp 3 asia weather japan 1

ފޮޓޯ: ކިޔޯޑޯ ނިއުސް

‘ޝަންޝަން’ގެ ނަން ދެވިފައިވާ މި ތޫފާނު ޖަޕާންގެ ‘ކިޔޫޝޫ’އާ އަރާހަމަވެފައިވަނީ މިހަފްތާ ތެރޭގައެވެ. މިތޫފާނާއި ގުޅިގެން ޖަޕާންގެ ސަރުކާރުންވަނީ ގާތްގަނޑަކަށް 4 މިލިއަނެއްހާ މީހުން ސަލާމަތައް ދިޔުމަށް އަންގާފައެވެ. މިތޫފާނާއެކީ ‘ކިޔޫޝޫ’އަށް ވަނީ ބާރު ވަޔާއި، ބޯވިއްސާރަ، އަދި ބޮޑުސަރަހައްދެއްގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވެފައެވެ

މީގެ ސަބަބުން ޓޮޔޯޓާގެ 14 ކާރުހާނާއެއް ވަނީ ބަންދުކޮށްފައެވެ. އަދި، ހޮންޑާ، މަޒްޑާ އަދި ނިސާންގެ ފެކްޓްރީތައްވެސްވަނީ އެކީ ބަންދުކޮށް، އޮޕަރޭޝަންތައް ހުއްޓުމަކަށް ގެނެސްފައެވެ

ޖަޕާން އެއާލިއންސްއިން ބުދަ އަދި ބުރާސްފަތި ދުވަހަށް ހަމަޖެހިފަ ހުރި ޖަޕާން ތެރޭގެ 172 ޕްލައިޓަކާއި އޭއެންއޭ ހޯލްޑިންގްސްގެ 9 ޕްލައިޓްވަނީ ކެންސަލް ކޮއްފައެވެ. މީގެ އަސަރު 25،000 މީހުންނަށް ވަނީ ކޮށްފައެވެ.

މީގެ އިތުރުން ‘ކިޔޫޝޫ’ގެ 24 ކަނޑުގެ ބަނދަރުވެސް ވަނީ ހުއްޓުމަކަށް އައިސް މުދާ އުފުލުމުގެ މަސައްކަތަށް ބުރޫއަރާފައެވެ. މިތޫފާނުގެ ސަބަބުން މިހާތަނަށް 25،000 މީހުންނަށް އަސަރުކޮއްފައިވެއެވެ