
ކަނޑުގެ އޮޕަރޭޝަންތަކަށް މުދާލާބެހޭ ލިޔެކިޔުމާއި، މުދާ ލޭބަލް ކުރުމާއި، މުދާ ރަނގަޅަށް ލޯޑްކުރުމާއި އަންލޯޑް ކުރުމުގައި ދިމާވާ މައްސަލަތައް ފަދަ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެއެވެ
އެހެންކަމުން، ބައިނަލްއަގްވާމީ ޝިޕްމަންޓްތަކަށް، ކުރިޔާލާ ހުރިހާ ކަމެއް ރޭވިފާއި ހުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. މުދާ އުފުލުމުގައި ބިލް އޮފް ލޭޑިންއަކީ ކުރިން ބުނެވުނު ކަންކަން ދުރު ކުރުމަށްޓަކައި، ބަރު ކުރެވޭ ހުރިހާ މުދަލެއްގެ ތަފްސީލު ހުންނަ ލިޔެކިޔުމެކެވެ’
ބިލް އޮފް ލޭޑިންއަކީ ކޮބާ؟
ބިލް އޮފް ލޭޑިންއަކީ އުފުލާ މުދަލާ ބެހޭ ހުރިހާ މައުލޫމާތަކާއި، އެމުދާ އުފުލުމުގައި ހުންނަ މުހިންމު ކަންކަމާއި، އަދިވެސް އިތުރު މައުލޫމާތު ހިމެނޭ ގާނޫނީ ގޮތުން ބަލައިގަންނަ ލިޔެކިޔުމެކެވެ
ކުރުކޮށް ބުނާނަމަ، މި ލިޔެކިޔުމުގައި ހިމެނޭނީ ކޮންކަހަލަ މުދަލެއްކަމާއި، އެއީ ކޮންތާކުން ފޮނުވާ މުދަލެއް ކަމާއި، އެމުދާ އެދަނީ ކޮންތަނަކަށް ކަމާއި، އެމުދާ ލިބޭނީ ކޮން ފަރާތަކަށް ކަމެވެ
:އާންމުކޮށް އޭގައި ހިމެނޭ ބައިތަކަކީ
މުދާ ފޮނުވާ ފަރާތުގެ ނަން –
ކޮންސައިނީ ނުވަތަ މުދާ ލިބެންޖެހޭ ފަރާތުގެ ނަން –
މުދާ ބަރުކުރި އަދި ބާލާ ބަނދަރު –
ބިލް އޮފް ލޭޑިން ދޫކުރި ތާރީހު –
މުދަލުގެ މައުލޫމާތު (ބަންދު ކޮށްފަ ހުރި ގޮތް، ބަރުދަން، ކިތައް ކާޓަންކަން، ކޮންޓެއިނަރުގެ ބޮޑުމިން އަދި ނަމްބަރު)-
ފްރައިޓް އަގާއި، ލާރި ދެއްކި ގޮތުގެ މައުލޫމާތު –
ޚާއްޞަ އިރުޝާދުތައް –
މި ލިޔެކިޔުމުގެ ތަފާތު ވައްތަރު ހުރެއެވެ. މީގެ ތެރޭގައި ‘ހައުސް ބިލް އޮފް ލޭޑިން’، ‘އޯޝަން ބިލް އޮފް ލޭޑިން’، އަދި ‘ތްރޫ ބިލް އޮފް ލޭޑިން’ ހިމެނެއެވެ. ނެގޯޝިއޭބަލް އަދި ނޮން ނެގޯޝިއޭބަލް ބިލް އޮފް ލޭޑިން ލިޔެކިޔުންތައް ހުންނައިރު، އެއީ ތަފާތު ޝަރުތުތަކެއް ނުވަތަ ހާލަތްތަކެއް އެނގޭ ލިޔުންތަކެކެވެ
ބިލް އޮފް ލޭޑިންގެ ބޭނުމަކީ ކޮބާ؟
މި ލިޔެކިޔުމަކީ މުދާ އުފުލާ ފަރާތާއި މުދާ ފޮނުވާ ފަރާތާއި ދެމެދު އެއްވެސް އޮޅުވާލުމެއް ނުވަތަ ކުށްހީއެއް ނޯންނާނެ ކަމުގެ ގެރެންޓީއެކެވެ. އެއީ މި ލިޔެކިޔުމުގައި
ޕްރޫފް އޮފް ރިސީޓް: މުދަލަށް އެއްވެސް ގެއްލުމެއް ލިބޭ ހާލަތުގައި މުދާއުފުލާ ފަރާތަށް މުދާ ލިބުނު އިރު ހުރީ ރަނގަޅަށް ކަން އަންގައިދޭ –
ޕްރޫފް އޮފް ޓައިޓަލް: މުދާ އުފުލާ ފަރާތަށް މުދާ ދޫކުރުމުގެ ހައްގު ދޭކަން އަންގައިދޭ –
ޕްރޫފް އޮފް ކޮންޓްރެކްޓް: ލޮޖިސްޓިކްސް ކުންފުންޏެއް މަދުވެރިކޮށް މުދާ އުފުލުމުގައި ހުރި ކަންކަން އަންގައިދޭ-
ބިލް އޮފް ލޭޑިންގައި ބައިވެރިވަނީ ކޮންބައެއް؟
ކެރިއާރ: މުދާ އުފުލާ ލޮޖިސްޓިކްސް ކުންފުންޏެއް
ޝިޕާރ (ކޮނަސައިނާރ): އުޅަނދުގެ ވެރިފަރާތް، ނުވަތަ މުދާ ވިއްކާ ފަރާތް
ކޮންސައިނީ: މުދާ ގަނެފައިވާ ފަރާތް
ބިލް އޮފް ލޭޑިން މުހިންމުވަނީ ކީއްވެ؟
މިއީ މުދަލަށް ލާރި ދެއްކި ފަރާތް ނޫން އެހެން ފަރާތަކަށް އެމުދާ ނުދޭނެ ކަމުގެ ގެރެންޓީއެކެވެ.
ވައްކަން، ނުވަތަ އެހެނިހެން ކުއްލި ހާލަތްތަކުގައި ކްލެއިމް ހޯދުމުގައިވެސް ބޭނުން ކުރެވޭނެއެވެ.
ބިލް އޮފް ލޭޑިން ދޫކުރެވިގެންދަނީ ކޮން އިރަކު؟
މިލިޔެކިޔުން ދޫކުރެވޭނީ ބައިނަލްއަގްވާމީ ދަތުރަކަށް އުޅަނދެއް ފުރަން މުދާ ބަރުކުރާއިރުއެވެ
މިއީ މުދާ އެއްތަނުން އަނެއްތަނުން އުފުލާއިރު ބައިވެރިވާ ހުރިހާ އެންމެނަށްވެސް މުހިންމު، ނެތްނަމަ މުދާ ދޫނުކުރެވޭ ވަރުގެ ލިޔެކިޔުމެކެވެ

